ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައި މި ވަނީ މޫސުން އަލިކޮށް ދުވަސްތަކެއް ފާއިތު ވުމަށް ފަހުއެވެ. އެހެންނަމަވެސް، މިދިޔަ މެއި މަހުން ފެށިގެން އެކި ދުވަސްވަރުގެ މަތިން ހުޅަނގު މޫސުމުގެ ވިއްސާރަ ކޮށްފައިވެއެވެ.
މޫސުން ކުރިއަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ވައި ޖޭހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވެއެވެ. ވިލަގާނޑުގައި ގަދަވުން އެކަށީގެންވާއިރު، ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެއަސަރު ކުރުންވެސް އެކަށީގެން ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ. ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.
މޫސުން: ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ