މުއިއްޒުގެ ވެރިކަމުގައި މައުމޫން ކަންބޮޑުވާ ހަމައެކަނި ކަމަކަށް ސާޖީދާ ހިލޭ ފިރިހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާމް ކުރާ މިންވަރު މަދުވުން!

ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާ ހިލޭ ފިރިހެނުންނާ ސަލާމް ކުރާ މިންވަރު މަދުވެގެން ކުރީގެ ރައީސް މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މައުމޫން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ, މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގެ އިންތިޒާމްތައް ރާއްޖޭގެ ސަގާފަތާއި ގުޅޭކަން ފާހަގަކޮށް, އެކަމަށް ތައުރީފްކޮށް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މައުމޫނުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ, އެ ޖަލްސާގެ އިންތިޒާމްތައް ރަގަޅު ނަމަވެސް, ގިނަ ފިރިހެނުން ސާޖިދާއާއި ސަލާމް ކޮށްފައި ނުވާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމުގައެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި އެޖަލްސާއަށް ވަޑައިގެންނެވި ވަރަށްގިނަ ފިރިހެނުން ސާޖިދާއާއި ސަލާމް ކޮށްފައި ނުވި ނަމަވެސް, ސާޖިދާވަނީ ސަލާމް ކުރަން ބޭނުންވި ހުރިހާ ހިލޭ ފިރިހެނުންނާވެސް އަތާ އަތްޖޯޑުކޮށް ސަލާމް ކޮށްފައެވެ.
ސާޖިދާ ހިލޭ ފިރިހެނުންނާ ސަލާމް ކުރާ މިންވަރު މަދުވެގެން ރައީސް މައުމޫން ކަންބޮޑުވުން ފާޅު ކުރެއްވުމުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ މައުމޫނުގެ ވާހަކަތާކާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންކަމުގައިވާ ޝައިޚު އަލީ ޒައިދު އާއި ޑރ. އިޔާޒް ހިމެނިވަޑައިގަންނަވައެވެ. އެ ދެބޭފުޅުންވެސް ވަނީ އަންހެނުން އަތާ އަތްޖޯޑުކޮށް ހިލޭ ފިރިހެނުންނާ ސަލާމް ކުރުމަކީ ހަރާމްކަމެއް ކަމެއް ކަމުގައި ވިދާޅުވެފައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާ ފާހަގަ ވެފައިވަނީ, ލޮލުން ބޮލުން އެދިގެން އަތާ އަތް ޖޯޑުކޮށް, ހިލޭ ފިރިހެނުންނާއި ސަލާމް ކުރައްވާ ފަސްޓް ލޭޑީއެއްގެ ގޮތުގައެވެ. އެހެންނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގެން, ފުރަތަމަ މަހެއްހާ ދުވަހުގެ ތެރޭގައި ބައެއް އިވެންޓް ތަކުގައި, ސަލާމް ކުރަން ބޭނުންވި ފިރިހެނުންނާ ސާޖިދާ ސަލާމް ކުރަން އިންކާރު ކުރަމުން އައިތަން ފެނިފައިވެއެވެ. އެގޭ ފަހުން ސާޖިދާ ވަނީ ހިލޭ ފިރިހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާމް ކުރައްވަން އާންމުކޮށް ފައްޓަވާފައެވެ.
މުއިއްޒުއާއި ސާޖިދާ ފާހަގަ ވެގެން ގޮސްފައިވަނީ ދީނީ ކަންކަން ސިޔާސީކޮށް, ދެއްކުންތެރި ކަމުގެ ގޮތުން, އަމިއްލަ ޕީއާރަށް ދީން ބޭނުން ކުރައްވަމުންދާ ދެބޭފުޅުންގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ