ރާއްޖޭގެ މަޝްހޫރު މޮޑެލް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރާ މައްސަލާގައި ކައިޒީންގެ ފަރާތުން އެދުނު އަމުރު މިފަހަރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ އޭނާ ފައިސާ ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމުންނެވެ. އެ މައްސަލަ ނިމެންދެން ބޯޓުގެ ރަޖިސްޓްރީ ބަދަލު ނުކުރުމުގެ އަމުރަކަށް ކައިޒީން ފަރާތުން ކުރިން އެދުމުން އެ އަމުރު ކޯޓުން އޮތީ ނެރެދީފަ އެވެ.
ކައިޒީންގެ ފަރާތުން މިފަހަރު އެދުނީ އެ ބޯޓު ކައިޒީންގެ ނަމަށް ބަދަލު ކުރުމަށާއި ބޯޓުގައިވާ ތަކެތި އޭނާއާ ހަވާލު ކުރުމުގެ އަމުރެއް ނެރުމަށެވެ. ސިވިލް ކޯޓުން މިއަދު ނިންމީ އެކަމަކީ މައްސަލަ މައުޟޫއީ ގޮތުން ނިމިގެންދާއިރު ގޮތް ކަނޑައެޅިގެންދާނެ ކަންކަން ކަމަށްވާތީ އެފަދަ އަމުރެއް މިވަގުތު ނުނެރެވޭނެ ކަމަށެވެ.
ކައިޒީންގެ ފަރާތުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ބޯޓު ގަނެފައިވަނީ ކައިޒީން ދިން ތިން މިލިއަން ރުފިޔާއަށެވެ. އަދި އެކަމަށް ބައްޕަ ވެސް އިންކާރު ކޮށްފައި ނުވާތީ ކޯޓުން ކުރިން އެންގީ މައްސަލަ ނިމުމުގެ ކުރިން ބޯޓު އެހެން މީހެއްގެ ނަމަށް ބަދަލު ނުކުރުމަށެވެ.
ބައްޕައާ ދެކޮޅަށް ކައިޒީން މިފަހަރު އެދުނު އަމުރު ކޯޓުން ނެރެނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ