ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދިނުމަށް ހާއްސަ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކޮށް، އަރަބިއްޔާ ސްކޫލް ހިންގުމަށް އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދް މުހައްމަދާ އާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ، ޢަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީގޮތުން ގެނެވުނު ބަދަލަކާއި ގުޅިގެން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޢަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދް މުހައްމަދާ ޙަވާލުކޮށްފައިވާ ކަމަށެވެ.
އަދި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އެ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
ވަގުތީ އިމާރާތާއެކު އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރަމުން އަންނަ، "ސޭވް އަރަބިއްޔާ" އިން ކުރި ޓްވީޓެއްގައި ބުނިގޮތުގައި، އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހަންމަދު ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާތީ އާއި އެމައްސަލާގައި ބެލެނިވެރިންނާއެކު ޕްރިންސިޕަލް ހުންނެވުމުން ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް މުހަންމަދު ޝުޖާއު އަބްދުއްރަހީމް އައްޔަން ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ ޖެނުވަރީ މަހުގެ 8 ވަނަ ދުވަހުގައެވެ.
އަރަބިއްޔާ ސްކޫލަށް އެކަށީގެންވާ އިމާރާތެއް ސަރުކާރުން ހޯދައި ނުދެވޭ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެ، އެކަމާ ގުޅިގެން ބެލެނިވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އަރަބިއްޔާގެ ކުދިންނަށް ދާއިމީ ތަނެއްގެގޮތުގައި ހަމަޖެއްސީ ޖަމާލުއްދީން ސްކޫލުގެ ކުރީގެ ބިންކަމަށް ވާއިރު، ޖޭއެސްގެ އެނެކްސްއެއް އެބިމަށް އިތުރު ކުރާތީ އަރަބިއްޔާއަށް ލިބޭ ޖާގަ ކުޑަވުމަކީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.
އަރަބިއްޔާ ސްކޫލް ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްއާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ