އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގަންނަވަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޖައިޝަންކަރު ޗައިނާއަށް ވަޑައިގަންނަވަނީ ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ ފޮރިން މިނިސްޓަރުންގެ މީޓިން އަކަށެވެ.
މި ބައްދަލުވުމަކީ ސެޕްޓެމްބަރު މަހު ބާއްވާ އެސްސީއޯ ސަމިޓަށް ތައްޔާރުވުމަށް ބާއްވާ މީޓިން އެކެވެ. ޗައިނާއިން ވަނީ އެ ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވާފަ އެވެ.
މި މަހުގެ 13 ގައި ޗައިނާއަށް ވަޑައިގެން އޭނާ އެ ގައުމުގައި ތިން ދުވަސް ހޭދަކުރައްވާނެ އެވެ. މިއީ އިންޑިއާގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ޖައިޝަންކަރު، ވާދަވެރި ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މި ދަތުރުގެ އޭނާ ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ޓިއަންޖިން އަށް ވަޑައިގަންނަވާނެ އެވެ.
ޖައިޝަންކަރުގެ ދަތުރަށްފަހު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވެސް މި މަހުގެ ތެރޭ އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އެކަން ދެ ގައުމުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މިއީ 2020 ގައި ދެ ގައުމުގެ އަސްކަރިއްޔާއިން ބޯޑަރު ހިއްސާކުރާ އިރުމަތީ ލަޑަކް ގައި ބަދަލުކުރި ހަމަލާތަކަށްފަހު، ޗައިނާ އަދި އިންޑިއާއިން ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ރަސްމީ ދަތުރެއްގައި ޖައިޝަންކަރު ޗައިނާއަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރެއްގައި ޖައިޝަންކަރު ޗައިނާއަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ