މާފަރު ފަޅުތެރޭ އޮންނަ ފަރުމުލީގައި ރިސޯޓެއް ހަދަން މާފަރު އިހުތިސޯސުން އެ ރަށް އުނިކޮށްފި

މާފަރުގެ ފަޅު ތެރޭގައި ވަކި ރަށެއް ގޮތަށް އޮންނަ ބައި ހެކްޓަރު ވެސް ހަމަނުވާ ކުޑަކުޑަ ފަރުމުލި މާފަރުގެ އިހުތިސޯސުން އުނިކޮށް ރައީސް މުހައްމަދު މުއިއްޒުގެ އެ ނިންމެވުމުގެ ގަރާރު މިއަދު ނެރުއްވައިފި އެވެ.
ބުނީ ކީކޭ؟ - ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން މާފަރުގެ އިހުތިސޯސުން އެ ރަށް އުނިކުރީ ޓޫރިޒަމްގެ ބޭނުމަށް އެ ރަށް ތަރައްގީކުރަން ނުވަތަ ރިސޯޓެއް ހަދަން ސަރުކާރުން ނިންމުމުންނެވެ. 
ފާހަގަކޮށްލެވޭ ކަމެއް - ފަރުމުލި މާފަރުގެ އިހުތިސޯސްގައި ހިމެނީ ވެސް ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. ފަރުމުލީގެ އިތުރުން ހަމަ އެ ފަޅު ތެރޭގައި އޮންނަ ކަނޑިންމާހުރާ ވެސް މާފަރުގެ އިހުތިސޯސްގެ ތެރޭގައި ހިމެނީ އޭޕްރީލް 2024ގަ އެވެ.
އެ ދެ ރަށް އަނބުރާ މާފަރުގެ އިހުތިސޯސްގައި ހިމެނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ