ރިސޯޓް ލީގުގެ ރ އަތޮޅުގެ ތަށި ޖޯލި މޯލްޑިވްސް އަށް ރިސޯޓް ލީގުގެ ރ އަތޮޅުގެ ތަށި ޖޯލި މޯލްޑިވްސް އަށް

ރިސޯޓް ލީގު 2025 ގެ ރ. އަތޮޅު ޒޯނުގެ ފައިނަލުގައި ޖޯލި މޯލްޑިވްސް އިން ބޮޑު މޮޅެއް ހޯދައި ވަނީ ތަށި ދިފާއުކޮށްފި އެވެ.
ފައިނަލުގައި ޖޯލި މޯލްޑިވްސް އިން ވަނީ 8-0 އިން އަލިލާ ކޮތައިފަރު މޯލްޑިވްސް ބަލިކޮށްފަ އެވެ. މިއީ، ޖޯލި މޯލްޑިވްސް އިން މި ތަށި ހޯދި ތިން ވަނަ ފަހަރެވެ.
މުބާރާތުގެ މެޗުތައް ފުރަތަމަ ދިޔަ ގޮތުން ފައިނަލަށް ދިޔައީ ކޯރާ ކޯރާ މޯލްޑިވްސް އެވެ. އެ ޓީމުން ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވެ، ފައިނަލަށް ދިޔަ ނަމަވެސް، އެކަން ހާސިލްކުރީ ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ހިމަނައިގެން ކަމަށްވާތީވެ، އެ ޓީމާ މެދު ފިޔަވަޅު އަޅައި، އަނެއް ދެ ޓީމު، ޖޯލި އާއި ކޮތައިފަރަށް ފައިނަލުގެ ޖާގަ ލިބުނީ އެވެ.
އިއްޔެ ކުޅުނު ފައިނަލުގައި ޖޯލި މޯލްޑިވްސްގެ ލަނޑުތައް ޖެހީ، މޫސާ ލަތީފް އާއި ހައްމާދު މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު ޖުމާން އަހުމަދު، މޫސާ މުޒާހު މުހައްމަދު، އިސްމާއިލް ނަޒީހު، އަދި ސުހައިލް އަބްދުލް ގައްޔޫމް، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޖުމާން އެވެ.
މި އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކީ ޖޯލި ޓީމުގެ މުސްލިމް މުހައްމަދު އެވެ. އެންމެ މޮޅު ކޯޗަކީ، އެ ޓީމުގެ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޖޯލީގެ އިބްރާހިމް ނަދީމް، މުޒާހު އަދި ޖުމާންގެ އިތުރުން، ކޮތައިފަރުގެ އަހުމަދު ނާހީ އާއި ހުސެއިން އިރުފާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ