ނޭޕްލްސް، އިޓަލީ (އޮގަސްޓް 22) - ނަޕޯލީ އަށް ކުޅޭ ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ނަޕޯލީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
މިދިޔަ ހަފްތާގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލުކާކޫ، 33، ގެ ފަލަމަސްގަނޑަށް އަނިޔާވެ، ދަނޑުން ބާލަން ޖެހުނެވެ. ފުރަތަމަ ބެލެވުނީ، މި އަނިޔާ އިން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު، ސްޕެޝަލިސްޓުންނަށް ދައްކައިގެން، ހެދި ޓެސްޓްތަކަށް ފަހު، ލުކާކޫ އަށް އޮޕަރޭޝަނެއްނުކޮށް ވެސް އެއްކޮށް ފިޓްވެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް، އެކަށީގެންވާ މުއްދަތެއްގެ ރިކަަވަރީއެއް ބޭނުންވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ މުއްދަތަކީ، ހަތަރު ވަރަކަށް މަސް ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނަށް ކުރިން ކުޅެފައިވާ ލުކާކޫ އަކީ މިދިޔަ ސީޒަނުގައި ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ލުކާކޫގެ މި އަނިޔާގެ މައްސަލައާ ހެދި، ޗެމްޕިއަންސް ލީގުގެ ފުރަތަަމަ ބުރަށް އޭނާގެ ނަން ރަޖިސްޓްރީ ކުރުމާ މެދު ނަޕޯލީގެ މެނޭޖްމަންޓުން ވަނީ ދެ ވަނަ ވިސްނުމަކަށް ގޮސްފަ އެވެ.
ލުކާކޫ ހަތަރު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ލުކާކޫ ހަތަރު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ