އަބްދުއްރަހުމާންގެ މަރުގެ މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި އަބްދުއްރަހުމާންގެ މަރުގެ މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަދި އެކަކު ފަސް ދުވަހަކަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިޝާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ.
މި މީހުން ހައްޔަރުކުރީ ބުދަ ދުވަހުގެ ރޭގަ އެވެ.
"އެ މީހުންގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުހައްމަދު ވިޝާމް އަދި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަނދުކުރުމަށް އަދި އާސިދު، 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ،" ފުލުހުން ބުންޏެވެ.
ވިޝާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.
މީގެ ކުރިން، މި ހިނގާ އޯގަސްޓު 10، ގައި ފަސް މީހެއްގެ ފޯނާއި އަންނައުނުތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރޭ ހައްޔަރު ކުރި މީހުންގެ ފޯނާއި އަންނައުނު ވެސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
އަބްދުއްރަހުމާނު މަރުވީ ޖުލައި 12، ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާ ނިދާފައި އޮއްވާ ބަޔަކު އެ ގެއަށް ވަދެ، އޭނާގެ ބޮލަށް ރަހުމްކުޑަ ހަމަލާތަކެއް ދިނުމުގެ ސަބަބުންނެވެ. އެއިރު އެ ގޭގައި އަބްދުއްރަހުމާނުގެ އަނބިމީހާ ވެސް ނިދާފައި އޮތެވެ.
އޭނާގެ މަރާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ. އަބްދުއްރަހުމާނު ދިރިއުނު ގެ ކައިރީ ބޮޑު ސަރަހައްދަކާއި މޫދު ވެސް ފުލުހުން ބަލައި ފާސް ކުރި އެވެ. އަދި ފޮރެންސިކް ހެކި ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ