ކުޅުދުއްފުށީގައި ހާދިސާއެއް، މޭޔަރަށް ހިމާޔަތްދީ ފުލުހުންގެ މަރުކަޒަށް

ކުޅުދުއްފުށި ސިޓީގައި މިރޭ ހިނގި ހާދިސާއަކާއި ގުޅިގެން އެ ސިޓީގެ މޭޔަރު އަހްމަދު އާތިފްއަށް ފުލުހުން ހިމާޔަތް ދީފި އެވެ.
ފުލުހުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ ކުޅުދުއްފުށީގައި ހާދިސާއެއް ހިނގައިގެން އުޅޭތީ، މޭޔަރަަށް ހިމާޔަތްދިނުމުގެ ގޮތުން، މިވަގުތު ފުލުހުންގެ ހިމާޔަތުގައި، ޕޮލިސް ސްޓޭޝަންއަށް ގެނެސްފައިވާ ކަމަށެވެ.
އަދި ބުނީ މަޢުލޫމާތު ޔަޤީންކުރެވޭ މިންވަރުން، އިތުރު މަޢުލޫމާތު ހިއްޞާ ކުރަމުންދާނެ ކަމަށެވެ.
މިރޭ ހާދިސާއެއް ހިނގީ މޭޔަރު ކާރުގައި އިންނަވަނިކޮށް ކަމަށް ވެ އެވެ. ބަޔަކު އައިސް ކާރު ހުއްޓުވުމުން ދެ ބައެއްގެ މެދު ހަމަނުޖެހުން ވަނީ ހިނގާފަ އެވެ. އެކަން ހިނގަން މެދުވެރިވީ ސަބަބު ޔަގީންކޮށް ކަށަވަރެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ