އީރާންގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުން ޔަގީންކޮށްދީފި އެވެ.
އީރާނުން އެކަން ޔަގީންކޮށްދީފައި މިވަނީ އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް އިޒްރޭލުން ހާމަކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. އެކަން ފުރަތަމަ އިއުލާނުކުރީ އިޒްރޭލްގެ ގޮތެއްނެތް ޑިފެންސް މިނިސްޓަރެވެ.
ނަމަވެސް އޭގެ ފަހުން ލަރިޖާނީގެ އެކްސް އެކައުންޓުން ޕޯސްޓެއް ވެސް ކުރި އެވެ. އެއީ އިޒްރޭލްގެ ވާހަކަތައް ދޮގުކުރަން އާންމުކުރި ޕޯސްޓެއް ކަމަށް ބެލެވުނެވެ.
ނަމަވެސް އީރާންގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ ލަރިޖާނީ ޝަހީދުކޮށްލާފައިވާކަން ޔަގީންކޮށްދީފަ އެވެ. އެމަނިކުފާނު އަވަހާރަވީ އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ކަމަށް ވެސް ބުންޏެވެ.
އެ އިދާރާގެ ސްޓޭޓްމަންްޓްގައި ލަރިޖާނީގެ ހިތްވަރާއި ގައުމީ ހިދުމަތަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެ އެވެ.
ލަރިޖާނީގެ އިތުރުން ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ވެސް ވަނީ އަވަހާރަ ކޮށްލާފަ އެވެ.
ލަރިޖާނީ އަވަހާރަކޮށްލާފައިވާކަން އީރާނުން ޔަގީން ކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ