މިހާރު ކުރިއަށްދާ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގެ ލީގު ބުރުގައި ފޯރިގަދަ މެޗަކަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި މެލިއާ ވައިޓް ލެގޫން މޯލްޑިވްސް އިން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ޖުމްލަ އެކު ފަސް ޓީމު ވާދަކުރާ މި ޒޯނުގެ ތާވަލު އޮތްގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ އާއި ތިން ވަނަ އަށް ދާ ޓީމު ސެމީ ފައިނަލެއް ކުޅުމަށް ފަހު، ފައިނަލްގެ ފަހު ޖާގަ ކަނޑައެޅޭނެ އެވެ. އަދި، ލީގު ބުރުގެ ފުލަށް ދާ ދެ ޓީމެއް މުބާރާތުން ކަޓާނެ އެވެ.
މި ވަގުތު ތާވަލަށް ބަލާއިރު އެއް ވަަނައިގައި އޮތް މެލިއާ އާއި ދެ ވަނައިގައި އޮތް ކޮންރެޑް އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތުން މެލިއާ ކުރީގައި އޮތީ ފައިދާ ގޯލުގެ ގޮތުގައި 15 ލަނޑު އޮވެެގެންނެވެ. ދެ ވަނައިގައި އޮތް ކޮންރެޑަށް ފައިދާ ގޯލުގެ ގޮތުގައި އޮތީ ނުވަ ލަނޑެވެ. ތިން ވަނައިގައި އޮތް ލިލީ ބީޗް އާއި ހަތަރެއްގައި އޮތް ޑަބްލިއު މޯލްޑިވްސް އަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، ތާވަލުގެ ފުލުން ނިންމާލި މައްޗަފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ ވަނީ ކަޓައިފަ އެވެ.
މިއަދު ފުރަތަމަ މެޗުގައި ޑަބްލިއު މޯލްޑިވްސް އާއި ލިލީ ބީޗް ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ޖާގައެއް ލިބޭނެެ އެވެ. އެއްވަރުވެއްޖެނަމަ ސެމީ އަށް ދާނީ ލަނޑުގެ ތަފާތުން ލިލީ ބީޗް އެވެ. ސެމީ ފައިނަލުގައި ލިލީ ބީޗް ކުޅެން ޖެހޭނީ މިއަދު ކުޅޭ ދެ ވަނަ މެޗުގައި ކޮންރެޑް އާއި މެލިއާ ކުޅެގެން ބަލިވާ ޓީމަކާ އެވެ. އެއްވަރުވެއްޖެނަމަ، ސެމީ ކުޅެން ޖެހޭނީ ކޮންރަޑް އެވެ.
ރިސޯޓް ލީގުގެ އަރި ޒޯނުގައި ކޮންރަޑް އާއި މެލިއާ ވަރުގަދަ މެޗަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ