ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ ވަޒީފާގައި ގައުމަށް ހިދުމަތް ކޮށްދެއްވި މީހަކު ކުއްލިއަކަށް ނިޔާވެއްޖެ އެވެ.
ކުއްލި ގޮތަކަށް ނިޔާވީ ސިފައިންގެ ހިދުމަތުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ، އއ. ބޮޑުފޮޅުދޫގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ.
އެ މަރުގެ އިތުރު ތަފުސީލެއް އަދި ނޭނގެ އެވެ.
ހުސައިން އަބްދުއްރަހްމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. ސޯޝަލްމީޑިއާގައި މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ސިފައިންގެ މީހަކު ކުއްލިއަކަށް ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ