ކަނޑުމަގުން އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއް ބަލައިފާސްކޮށް، އޭގެ ތެރޭގައި ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަތީ ކަސްޓަމްސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެޝިޕްމަންޓްގެ ތެރޭގައި ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ވަނީ މިއޮޕަރޭޝަން ކުރިއށް ގެންދިޔަވަގުތުގެ ވީޑިއޯ އެއްވެސް އާއްމުކޮށްފައެވެ. ނަމަވެސް، މި ތަކެތި އެތެރެކުރަން އުޅުނީ ކޮން ގައުމަކުން ކަމެއް ނުވަތަ މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ. އެ އިދާރާއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ