ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. https://x.com/CustomsMv/status/2067517258226958753 ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ. މިގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ފެނިފައިވާތީ، އެ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ އެހެން އޮޕަރޭޝަނެއްގެ ތެރެއިންވެސް 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދާފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. https://x.com/CustomsMv/status/2067517099288006759 މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ. ކަސްޓަމްސްއިން ބުނީ، 5،600 ވޭޕް ކާޓްރިޖު ފެނުނު މި މައްސަލަ މިހާރު އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް އެތެރެ ކުރުން މަނާ, މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަޙައްދުތަކުގައި ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ