މީސްލްސް ވެކްސިންގެ 20،000 ޑޯޒާއި ތިން ޓަނުގެ ސިއްހީ ސާމާނު އަވައްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މި އެހީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ މީސަލްސް އާއި ރުބެއްލާއިން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިނާއި، ލެބޯޓްރީތަކުގައި ބޭނުންކުރާ ތަކެއްޗާއި، ބަލިމަޑުކަމުން ރައްކާތެރިވުމަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އެހެނިހެން ސާމާނުތަކެވެ.
މި ތަކެއްޗަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ ހިިިމަބިހި ނުވަތަ މީސަލްސް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ހެލްތު މިނިސްޓަރު، ގީލާ ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށާއި އާންމު ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އަދި، މިފަދަ އެހީތެރިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހާމަވެގެންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތު ނިންމަވާލައްވަމުން، ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް، ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ފޯރުކޮށްދޭ އެހީތެރިކަމާއި ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
އެމްއާރު ވެކްސިންގެ 20،000 ޑޯޒާއި 3 ޓަނުގެ ސިއްހީ ސާމާނު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ