ފ. ނިލަންދޫއަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އެރަށު އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ (ކަތީބު ދޮންބެ) 100 އަހަރުގައި އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، ކަތީބު ދޮންބެގެ ޚިދުމަތްތަކަކީ މުޅި ދިވެހިރާއްޖެއަށް ވެސް ރީތި ނަމޫނާއެއް ކަމަށެވެ.
ރައީސްގެ ތަޢުޒިޔާގެ ޕޯސްޓުގައި، އަޙްމަދު މޫސާ ނިލަންދޫގެ ކަތީބުކަމުގައި އެރަށަށް ކޮށްދެއްވި ޚިދުމަތްތަކާއި އެ މަރުޙޫމުގެ އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ މަރުޙޫމުގެ މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ އެންމެންނަށް ވެސް ފިލާވަޅުތަކެއް ލިބޭނެ ފަދަ ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، އަމިއްލަ ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ވެސް ޤާބިލު ޚިދުމަތްތެރީންތަކެއް ތިއްބެވިކަމީ، އެމަނިކުފާނުގެ ޙަޔާތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަލްމަރުޙޫމް އަޙްމަދު މޫސާއަކީ 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އަލްމަރުޙޫމް އަޙްމަދު މޫސާގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވާފަ އެވެ.
ހުރިހާ ރައްޔިތުންނަށް ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި މޯދީގެ ރެކޯޑަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ތިމާވެށްޓަށް ޚަރަދުކުރަން ނިންމައިފި ރަސްމާލެ މަޝްރޫއުގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ