ފިނި މޫސުމާ ދިމާކޮށް އާ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް، އާ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ހާމަކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އާ ތިން އެއާލައިނާ އެކު ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން ވަކި މިންވަރަކަށް ދަށްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތައް ގުޅިގެން ދަނީ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ އިތުރު މަގުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ