ހިޖުރަވެރިން ހިފާ ހައްޔަރު ކޮށް ޑީޕޯޓު ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހިންގަވާ ކެމްޕެއިންގެ ދަށުން ލޮސް އެންޖަލިސްގައި ހުންނަ ހާޑުވެއާއެއް ރެއިޑް ކުރަން އުޅޭ ކަމުގެ މައުލޫމާތާއެކު އާންމުންގެ ތެރެއިން ބަޔަކު މަގުތަކަށް ނިކުމެ ފުލުހުންނާ ކުރިމަތިލައިފިއެވެ.
ފުލުހުން ކަރުނަ ގޭހާއި ރަބަރު ވަޒަނުގައި އާންމުން މައިތިރި ކުރަން ނިކުމެ ބައެއް މީހުންގެ ގަޔަށް ބަޑިޖަހާފައި ވާ އިރު، އެ ހާދިސާ ރިޕޯޓު ކުރަމުން ގެންދިޔަ އޮސްޓްރޭލިއާގެ 'ޗެނަލް ނައިން' ގެ ރިޕޯޓަރެއްގެ ފަޔަށް ގަސްދުގައި ރަބަރު ވަޒަނެއް ޖަހާ ހަމަލާ ދީފައި ވެއެވެ. މި މަންޒަރު ކެމެރާތަކަށް ރިކޯޑް ކުރެވިފައި ވާ އިރު، ހަތިޔަރާއެކު ހުރި ފުލުސް މީހާ، ރިޕޯޓަރާ ދިމާއަށް އަމާޒު ކޮށް ބަޑި ޖަހާތަން ފެނެއެވެ.
ލޮސްއެންޖަލިސް އަކީ މެކްސިކޯ އިން އެމެރިކާ އަށް އެތެރެވާ ހިޖުރަވެރިން ގިނަ ސިޓީއަކަށް ވާ އިރު، މިއަދުގެ ހަމނުޖެހުމުގައި އާންމުން ވަނީ، އޮޓޯއިން ދުއްވޭ އެތައް ކާރެއް މަގުތަކަށް ނެރެ އަލިފާން ޖަހާ ރޯކޮށްލައިފައެވެ. އަދި އެ ކަމުގައި ހަރަކާތްތެރިވި މީހުން ވަނީ މެކްސިކޯގެ ދިދަ އުފުލާ ހަދާފައެވެ.
ލޮސްއެންޖަލިސްގެ އިތުރުން ކެލިފޯނިއާ، ސެން ފްރެންސިސްކޯ ފަދަ ސިޓީތަކުަގުގައި ވެސް ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންނެވެ. ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް މުދަލާއި ތަކެއްޗަށް ގެއްލުން ދެމުންއެބަދެއެވެ.
މި ހަމަނުޖެހުންތައް އެމެރިކާގެ އެކި ސިޓީތަކަށް ފުޅާވެ، ހުއްޓުވަން ނެޝަނަލް ގާޑުން ނިކުުތުމަށް ރައީސް ޓްރަމްޕް ވަނީ އޯޑަރު ނެރުއްވާފައެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި، ނެޝަނަލް ގާޑުން ނެރުމަކީ ގާނޫނުން ރައީސަށް ލިބިދޭ ބާރެއް ނޫނެވެ. އެ ހިޔާލުތަފާތުވުން އޮތް ނަމަވެސް ނެޝަނަލް ގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެމެރިކާގެ ސަލާމަތީ ބާރުތަކުން އަންގާ ގޮތުގައި ހަމަނުޖެހުން ކިތަންމެ ވަރުގަދަ ވިޔަސް ހިޖުރަވެރިން ހިފާ ހައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
އެމެރިކާގެ ލޮސްއެންޖަލިސްގައި ކާރު ތަކުގައި ރޯކޮށް އާންމުން ފުލުހުންނާ ކުރިމަތިލަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ