އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރު ފަށަނީ
އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާދަމް ނަސީރު ވިދާޅުވީ، އެ މިއުޒަމް ފެށުމަށް ބޭނުންވާ ކަރުދާހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އެގޮތުން، އެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. މިނިސްޓަރު ވަނީ، މި ދައުރުގެ ތެރޭގައި ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީން ހާސިލުކުރަން ބޭނުންވާ ނަތީޖާ ކިޔައިދެއްވާފައެވެ. https://sun.mv/195194 މިނިސްޓަރު ވިދާޅުވީ، ދިވެހިން ތަރިކައިގެ ދާއިރާއެއް އުފެދުން ކަމަށެވެ. އޭރުން ދިވެހިންނަށް ސަގާފަތް ސާފުކޮށް ދޭހަވާނެ ކަމަށާއި ތަރިކައަކީ ކޮބައިކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ތަރިކައިގެ އެންމެ މުހިންމު އެކައްޗެއް އެއީ އަޅުގަނޑުމެންގެ ބަސް އެހެންވީމާ މިކަން ދޭހަވެ، ކޮންމެ ރަށެއްގެ ފެންވަރެއްގައި ވެސް މިކަމާ ވަކާލާތު ކުރާނެ. މިކަމާ ކަންބޮޑުވެ ނުތަވަސްކަން ހިތުގައި ގެންގުޅޭނެ. މިކަމަށް ހޭލުންތެރިވެ، މިކަން ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާނެ ޖަމާއަތެއް އޮތުން، މިނިސްޓަރު އާދަމް ނަސީރު އެ ކަމަކީ ފަސް އަހަރަށް ވަރަށް ބޮޑު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިކަން ވުމުން ތަރިކައިގެ އާސަރުތައް އުފެދި، ތަންތަން ފަރުމާކުރުމުގައި ދިވެހިންގެ ސިފަތައް ބޭނުންކުރަން ފަށާނެ ކަމަށެވެ. ދިވެހި ލިޔުންތެރިން އުފެދި، ގެތަކުގައި ކުތުބުޚާނާތަކެއް ވެސް އުފެދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ