ދިވެހިބަސް އޮތީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތުގައި: މިނިސްޓަރު
ދިވެހިބަސް އޮތީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތުގައި ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އުމުރުން 12 ވަރަކަށް އަހަރުގެ ކުދިންނަށް ދިވެހިން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އެގޮތުން، ހަގީގަތަކީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތުގައި ދިވެހިބަސް އޮތުމުން އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމެއް ގޮތުން އާދަމް ނަސީރު ފާހަގަކުރެއްވީ، ބަހަކީ ގައުމެއް ދެމިއޮތުމަށް ހުރިހާ ދަރަޖައެއްގައި މުހިންމު އެއްޗެއްކަން ބޮޑެތި މީހުންނަށް ވިސްނައިދީގެން ކަމަށެވެ. ކުޑަކުދިންނަށް ބަހުގެ މުހިންމުކަން ދަސްކޮށްދީ، ހޭލުންތެރިކުރެވޭނީ އޭރުން ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މަސައްކަތް ކުރަނީ ވެސް އެ ހޭލުންތެރިކަން ކުޑަކުދިންނާ ބޮޑެތި މީހުންގެ މެދުގައި އާލާކުރުމަށް ކަން އާދަމް ނަސީރު ފާހަގަކުރެއްވިއެވެ. ދިވެހި ބަހުގެ އެކެޑަމީން މުބާރާތްތައް ބާއްވާނެ. އަދި އެ ނޫން ތަފާތު މަސައްކަތްތައް އެބަކުރައްވާ މަދަރުސާތަކާ ގުޅިފައިވާ. [އެކަޑަމީގެ] އެ ބޭފުޅުން ރަށްރަށަށް ވަޑައިގެން އޮފީސްތަކަށް ވަޑައިގެން ބަހުގެ ގަވައިދުަތަކާ އުސޫލުތައް އެބަ ކިޔައިދެއްވާ. އަދި ހަމަ އެގޮތަށް އަމިއްލަ ބައެއް ފަރާތްތަކާއި ޖަމިއްޔާތަކުން ވެސް މި މަސައްކަތް އެބަ ކުރައްވާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެ މަސައްކަތްތަކުން ވެސް ބޭނުންވާ އަމާޒަށް އަދި ވާސިލުނުވާ ކަމަށާއި ގުދުރަތީ މައްސަލަތައް ހައްލުކުރުމަށް އެންމެ ގުދުރަތީ ހަތިޔާރަކީ ބަސްކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު، އިލްމީ ގޮތުން ބަހާ ގުޅުވައި ލިބެންހުރި މައުލޫމާތުތަކުގެ ގަބޫލުކުރުންތައް ބޮޑެތި މީހުންނަށް އަވަހަށް ލިބުން މުހިންމު ކަމަށާއި އެ ކަމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކުރެވެން ޖިހޭ ކަމަށް އާދަމް ނަސީރު ދެކިވަޑައިގަންނަވައެވެ. https://sun.mv/204746 ދިވެހި ބަހަށް ބޭދެވޭ އަސަރުތައް، ދިވެހީންގެ ތެރޭގައި ބަހަށް އޮތް ލޯބި ކުޑަވަމުންދާ ކަމުގެ ކަންބޮޑުވުންތައް ބަސް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން، ބަހަށް އަހުލުވެރިކުރުމަށް ދިވެހި ބަހުގެ އެކެޑަމީން ގިނަ ޕްރޮގްރާމުތަކެއް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ