ވިނަރެސްގެ ޓަވަރެއްގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ޓަވަރުތަކުގެ ތެރެއިން ހަވަނަ ޓަވަރުގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވައިފި އެވެ. އެ އޮފީސް ހުޅުވީ ވިނަރެސްގެ ހަވަނަ ޓަވަރުގެ ފުރަތަމަ ފުލޯގަ އެވެ.އެޗްޑީސީން ބުނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ވިނަރެސްގެ ހަވަނަ ޓަވަރުގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވާފައިވާ ކަމަށެވެ.އެއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދީ، އެ ކުންފުނީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ހުޅުވި އޮފީހެއް ކަމަށް އެޗްޑީސީން ބުންޏެވެ.ހިޔާ ޓަވަރުގައި ކުރިން ހުޅުވާފައި ހުރި އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނެ ވިނަރެސް ޓަވަރުގައި ހުޅުވާފައިވާ އެޗްޑީސީ އޮފީހުން ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ