މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރަމަޟާންމަހަށް ޚާއްޞަކޮށްގެން ރައްޔިތުންނަށް ދީފައިނުވާ ވަރަށް ގިނަ ޢިނާޔަތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް ވަރަށް ބޮޑުތަނުން މިއަހަރު ލުއިވާނެކަމަށާއި ރައީސް ޑރ. މުޢިއްޒު ހަމަޖައްސަވައި ދެއްވަވާފައި ކަންކަމުގެ ސަބަބުން އަޅުކަން ކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް އިޤްޠިޞާދީ ވަޒީރުވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ:
ރަމްޟާންމަސް އެނގިވަޑައިގަންނަވާނެ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ރަމްޟާން މަހުގެ ކަންތައްތައް ރައްޔިތުންނަށް ފަހި ކޮށްދިނުމަށްޓަކައި އެމަނިކުފާނު ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް މިދިޔަ އަހަރުވެސް ކުރެއްވި. އަދި ހާއްސަ ގޮތެއްގައި މިއަހަރު ވަރަށް ކުރިއާލާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މިނިސްޓްރީތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ޖުމްލަކޮށް މުޅި ދައުލަތުގެ މި ނިޒާމު ބައްޓަން ކުރުމުގެ ވަރަށް ގިނަ މަސެއްކަތްތަކެއް ކުރައްވަން އިރުޝާދު ދެއްވި އިނގޭތޯ. އެގޮތުން އަޅުގަނޑު ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަން.
މިސާލަކަށް ރަމްޟާންމަސް ފެށިގެން މިއައީ ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭން އެމަނިކުފާނު ނިންމަވާ އަދި މިހާރުވެސް އެ މަސެއްކަތްތައް އެދަނީ ކުރިއަށް. ހަމައެއާއެކު ކަރަންޓްބުލުން ދިހަ ޕަސެންޓް ޑިސްކައުންޓެއް ފެންބިލުން ދިހަ ޕަސެންޓް ޑިސްކައުންޓް ދޭންވެސް ހަމަ ނިންމެވީ ރަމަޟާން މަހުގެ ރައްޔިތުންގެ ހަމަ ޚަރަދު ބަރަދުތަކަށް ލުއި ހޯދައިދިނުމާއި އާއިލާތަކަށް ކޮންމެސް ވަރެއްގެ ލުޔެއް ދެއްވުމުގެ ނިޔަތުގަ ހަމަ ރައީސް އިސްނަންގަވައިގެން ކުރެއްވި ކަމެއްގެ ގޮތުގަ އެކަންވެސް ކުރެވިގެން ދިޔައީ. ދެން ހަމައެއާއެކު ރަމްޟާންމަހު ޢުމްރާއަށް ދަތުރު ކުރައްވާ ހުރިހާ ދިވެހިންނަށް 1500 ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވި.
ހަމަ މިއާއެކު އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ރަމްޟާން މަހުގެ ފަހު ދިހައެއްވެސް ހަމަ ބަންދުވެގެން މިދަނީ ސަރުކާރު ބަންދު ދުވަސްތަކެއްގޮތުގަ. އެއީ ހަމަ އަޅުކަންކުރަން، ހާއްސަކޮށް ރޭއަޅުކަމުގަ ވަރަށް ހަމަ އާއްމު ކަމެއް އަޅުގަނޑުމެން މުސްލިމުން ހާއްސަކޮށް ދިވެހީންގެ ތެރޭގަ އޮންނަ ސަޤާފަތެއްވެވެސް ހަމަ ރަމްޟާން މަހުގެ އަޅުކަން ހަމަ އަޅުކަމުގެ ގިނަވަޤުތު ހޭދަ ކުރުން. އަދި މުސްލމުންނަށް ވީތީވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ބޭނުންވާ ކަންތައްތައް މިހުންނަނީ. އެހެންވީމަ އެ ކަންކަމަށް ފަހި ކޮށްދިނުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ މިވަނީ ރަމްޟާން މަހުގެ ފަހު ދިހައެއްވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގަ ކަނޑައަޅުއްވާފަ.
ދެން ހަމަ އެއާއެކު އެންމެ ގިނަ އަދަދަކަށް ޒުވާން ދިވެހި ޙާފިޒުން އިމާމުވެ ނަމާދު އަދި ތަރާވީސް އިރާދުކުރެއްވިއްޔާ ކުރާ ރަމްޟާން މަހުގެ ގޮތުގަ މިއަހަރު ވެގެން މިދަނީ. އަދި އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން މި މައުޟޫޢުގަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ޑަބްލިޔު.ޑީ.ސީ ގެ ހުރިހާ މެންބަރުންނަށް ރަމްޟާންމަހު އިނާޔަތް ލިބޭ ހަމަ ފުރަތަމަ، ރޯދަ އިނާޔަތް ލިބޭ ފުރަތަމަ ރާއްޖޭގެ ތާއީޚުގަ ޑަބްލިޔު.ޑީ.ސީ ތައް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ވެގެން މިދަނީ. އެއީ ރައީސުލް ޖުމްޙޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްވެސް މެ.
އެހެންވީމަ މި ހުރިހާ ކަންކަމަކާ އެކުގަ ދެން އަޅުގަނޑުމެން މި އަންނަނީ ކާބޯ ތަކެއްޗާއި ރައްޔިތުން މި ބޭނުންވާ އަސާސީ ތަކެތި ލުއި ފަސޭހަ ގޮތަކަށް ރައްޔިތުންނަށް، އާއިލާތަކަށް، ރަށްތަކަށް، އަތޮޅު ތެރެއަށް އަދި މާލޭގަ ދިރިއުޅުއްވާ ބޭފުޅުންނާ، ގްރޭޓާރ މާލެ ސަރަޙައްދުގަ ދިރިއުޅުއްވާ ބޭފުޅުންނަށް ލުއިފަސޭގަ ގޮތެއްގައި ފޯރުކޮށްދިނުން. ދެން އެކަމަށް ވަރަށް ގިނަ ތައްޔާރީތަކެއް މި ދޔައީ ވަމުން އިނގޭތޯ. އަޅުގަނޑާއި އެއްކޮށް ދެންމެ ހީނާ ޕޮރޮގްރާމް ފައްޓަވަމުން ތި ވިދާޅުވި ފަރާތްތައް، މިސާލަކަށް އެސް.ޓީ.އޯ، އެމް.ޕީ.އެލް، މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ، ކަސްޓަމް އަދި އެމް.ޓީ.ސީ.ސީ މިވަޤުތު ނެތް އެމް.ޓީ.ސީ.ސީވެސް ހިމެނޭ ގޮތަށް ވަރަށް ގިނަ މަސެއްކަތްތަކެއް މިއައީ ކުރެވެމުން.
މިސާލަކަށް މި އަސާސީ ބާވަތްތައް ގެނައުމާއި ގެންނަ އިރުގަ ޕޯރޓްސް ސަރަޙައްދުގަ ހުރި ގޮންޖެހުންތައް ރަމްޟާން މަހަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެއްސުމާއި، އޭގެ ތެރޭގަ އެއާރޕޯރޓް އާއި އަދި ސީ ޕޯރޓްސް ވެސް ހިމެނޭގޮތަށް އަދި ކަސްޓަމްސް އިން ދެއްވާނެ ލުއިތަކާއި އަދި ރަމްޟާންމަހަށް ގެންނާނެ ހާއްސަ އެރޭންޖްމެންޓަތައް ހިމެނޭގޮތަށް. ދެން ހަމައެއާއެކު އެމް.ޓީ.ސީ.ސީ ނެތަސް އަތޮޅުތެރޭގެ ޓްރާންސްޕޯރޓް ލިންކް ގެ ތެރެއިން މިސާލަކަށް އެއްވެސް ކަހަލަ އަސާސީ ބާވަތެއް މަދުވިޔަސް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ފަދަ ކަންތައްތައް އިންގޭތޯ.
މީ އަޅުގަނޑުމެންނަށް މިހާ ހިސާބަށް ހަމަ މި ހުރިހާ ފަރާތްތަކާއި އެކުގަ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރެވުނު މަސެއްކަތްތައް-
- އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ކުރީގެ އެއްވެސް ސަރުކާރަކުން ރަމަޟާންމަހަށް ރައްޔިތުންނަށް ދީފައިނުވާ ވަރަށް ގިނަ ޢިނާޔަތްތައް ރައީސް ޑރ. މުޢިއްޒު ދެއްވައިފި! ރައްޔިތުންގެ ޖީބުތަކަށް ބޮޑުތަނުން މިއަހަރު ލުއިވާނެ!: އިޤްޠިޞާދީ ވަޒީރުވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ