މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެންސްޕާ މެދުވެރިކޮށް ނުކުޅެެދުންތެރިކަން ހުންނަ ފަރާތްތަލަށް 25 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ހިދުމަތް ބޭނުންވާ ކުދިންގެ ތެރެއިން އެންސްޕާގައި ރެޖިސްޓްރީވެފައިވާ ކުދިންގެ އަދަދާއި އޭގެ ތެރެއިން ރާއްޖޭން ބޭރުގައި ދިރިއުޅޭ ކުދިންގެ އަދަދުގެ މައުލޫމާތު ހޯދުމަށް އެންސްޕާގައި އެދިލެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް އެވެ.
ތަފްސީލް - މި މަހުގެ 1 ވަނަ ދުވަހު މެންބަރު މުހައްމަދު އިބްރާހިމް އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ އިދާރާ އިން ވަނީ އެ ތަފާސް ހިސާބުތައް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 675 ފަރާތަކަށް އެހީ ހަމަޖައްސާދީފައިވޭ
މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ޖުމްލަ 25.4 މިލިއަން ރުފިޔާ ހޭދަކުރި
މި ޕްރޮގްރާމު މެދުވެރިކޮށް އެހީ ހަމަޖައްސައިދިން 18 އަހަރުން ދަށުގެ ކުދިމްގެ އަދަދަކީ 652
އެއީ ޖުމްލަ 24.8 މިލިއަން ރުފިޔާ
މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ހިމެނޭ 30 ކުދިން ހިމެނޭ
އެކުދިންނަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި
އެންސްޕާ އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ އަހަރު1،087 މީހަކަށް ޖުމްލަ96.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މީގެ ތެރޭގައި:
18 އަހަރުން ދަށުގެ 1،031 ކުދިން ހިމެނޭއިރު އެ ކުދިންނަށް94 މިލިއަން ރުފިޔާ ހޭދަކުރި
ރާއްޖެއިން ބޭރުގައި އުޅޭ 54 ކުއްޖަކަށް 4.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
ފާހަގަ ކުރެވޭ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީ ނުލިބުމާއި އެފަދަ ކުދިންނަށް މާލީ، ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ (އެންސްޕާ) ނުކުޅެދިފައިވާ ކަމަށް ބުނެ، އެކަމުގެ ތަހުގީގެއް ހިންގައިދިނުމަށް އެދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ނުކުޅެދޭ ކުދިންގެ ތެރަޕީ ހިދުމަތްތަކަށް 3 މަހުން 25 މިލިއަން ރުފިޔާ ހޭދަވި: އެންސްޕާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ