ރާއްޖޭގެ ޔުނިވާސިޓީއަކުން އެންމެ ފުރަތަމަ އެރުވި އޮނޮރަރީ ޑޮކްޓަރޭޓޫކަން ޝެއިޚް އިސްމާއިލަށް
ރާއްޖޭގެ ޔުނިވާސިޓީއަކުން މުޅިން އަލަށް، އެންމެ ފުރަތަމައަށް ދިން އޮނޮރަރީ ޑޮކްޓަރޭޓޫކަން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން މިރޭ، ޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ. އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފްލާގައި މިރޭ މި ލަގަބު ޝައިޚް އިސްމާއިލަށް އަރުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. ރާއްޖޭގައި އިސްލާމީ އިލްމާ ގުޅޭ ކަންކަން ފެތުރުއްވުމުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މ. ޠައިބާ ޝެއިޚް އިސްމާއީލަށް މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފައިވަނީ އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ޝެއިޚް އިސްމާއީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރު ދ. މީދޫ އަށެވެ. ޝެއިޚް އިސްމާއީލް ވަނީ މަދީނާ އިސްލާމިކް ޔުނިވާސިޓީގައި ކުއްލިއްޔަތުއް ދައުވާ ވަލް އުސޫލުލް ދީންގެ ދާއިރާއިން ކިޔަވައި ވިދާޅުވެ 1972ވަނަ ޑިގްރީ ހާސިލް ކުރައްވައިފައެވެ. އެއިއިރު ޝެއިޚް އިސްމާއިލް ވެވަޑައިގަތީ އެ ޔުނިވާސިޓީން އެންމެ ފުރަތަމަ ޑިގްރީއެއް ހާސިލްކުރެއްވި ދިވެހި ދަރިވަރަށެެވެ. ޝެއިޚް އިސްމާއީލްވަނީ ގިނަ ދިވެހި ދަރިވަރުންތަކަކަށް އިލްމު އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި މިހާރު ރާއްޖޭގެ އިސް މަގާމުތަކުގައި އުޅުއްވައި، އަދި އެފަދަ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ