"ދެވަނަ ދައުރަކަށް [މަޖިލީސް] ޖޫން މަހުގެ ތެރޭގައި ހުޅުވިގެން ދިޔައިމަ އެކަމާ ބެހޭ ބިލެއް ހުށަހެޅުމުގެ މަސައްކަތްތަކެއް އެބަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނުވަތަ ރިފަރެންޑާމް ވޯޓު ނެގުމާ ބެހޭ ބިލު މިއަހަރުގެ ދެވަނަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް އިންތިބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުދިއުމަށް ނުވަތަ ޕްރެފަރެންޝަލް ވޯޓިން ސިސްޓަމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ކުރިން ވަނީ ވިދާޅުވެފަ އެވެ.ރައީސް އޮފީހުން ކޮންމެ ބުރާސްފަތި ދުވަހަކު ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިގޮތަށް ކަންކަން ބަދަލުކުރެއްވިއްޖެނަމަ ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ."ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭގޮތުން އަޅުގަނޑުމެން މިހާރު ވަނީ ވިސްނާފަ، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް، އަދި ފެންނަ ނުފެންނަ ވޯޓް، ރެފަރެންޑަމްއާ ބެހޭ ގާނޫނު ވެސް ފާސްކުރަން ޖެހޭ. ދެވަނަ ދައުރަކަށް [މަޖިލީސް] ޖޫން މަހުގެ ތެރޭގައި ހުޅުވިގެން ދިޔައިމަ އެކަމާ ބެހޭ ބިލެއް ހުށަހެޅުމުގެ މަސައްކަތްތަކެއް އެބަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ބުރަށް ވޯޓް ނެގުން ހުއްޓާލުމުން ލިބޭ ފައިދާ މާ ބޮޑު ކަމަށެވެ. ޕްރެފަރެންޝަލް ވޯޓިން ނިޒާމަށް ބަދަލުކޮށްފިނަމަ، އެންމެ ގިނަ ރައްޔިތުން ބޭނުންވާ މީހަކު އިންތިހާބު ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ."އަޅުގަނޑު ވަރަށް ބޭނުން ސީރިއަސް ކަމާއެކު މިކަމާމެދު ރައްޔިތުން ވިސްނަން. އަޅުގަނޑުމެންގެ މުސްތަގުބަލު މި ޑިސައިޑް ކުރަނީ. އަޅުގަނޑުމެންގެ ގައުމުގެ ސިޔާސީ ނިޒާމް އަޅުގަނޑުމެންގެ ތެރޭގައި ޑިމޮކްރެސީ ތަންފީޒު ކުރާނެ ގޮތް އަޅުގަނޑުމެން ނިންމާނީ ކޮން ގޮތަކަށްތޯ ސުވާލަކަށް މި ކުރިމަތި ކުރެވިގެން ދަނީ،" ރައީސް ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ މަޖިލީސް މެންބަރުންގެ އަދަދު 93 ގައި ހިފެހެއްޓުމަށް ވެސް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އަދަދު ވެސް އިތުރު ނުވުމާއި އަތޮޅު ކައުންސިލްތައް އުވާލުމަކީ ވެސް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ. މިހުރިހާ ބަދަލެއް ވެސް ގެންނަވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުރިހަމައަށް ހޯއްދައިގެން ކަން ވެސް ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދެ އިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ޖޫންގައި ބިލެއް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ