އެފްއެސްއެމްއަށް 25 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ސިލްސިލާ ހަރަކާތްތައް ފެށުމުގެ ގޮތުން ޚާއްސަ ޢާއިލީ ހަވީރެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގައި އެފްއެސްއެމް އުފެދުނުތާ 25 އަހަރު ވާއިރު، އެ ކުންފުނިން ވަނީ އެކަން ފާހަގަކުރުމަށް ސިލްސިލާ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައެވެ.
އެގޮތުން، އެފްއެސްއެމް އިން ބުނީ މާދަން ބާއްވާ މި ހަވީރަކީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އާންމުންނަށް ޙާއްސަކޮށްގެން ބާއްވާ އިވެންޓެއް ކަމަށެވެ.
Advertisement
މި ކަމުގެ އިންތިޒާމްތައް ކުރަމުންދަނީ އެފްއެސްއެމްގެ ފިއުލް ރިކްރިއޭޝަން ކްލަބް އާއި ހުރިހާ ޑިޕާރޓްމަންޓްތަކާއި ގުޅިގެން ކަމަށާ، މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު (16 މޭ 2025) 4 -6 އަށް ކުޑަކުދިންގެ ބަގީޗާގައި ކަމަށް އެފްއެސްއެމް އިން ބުނެފައިވެއެވެ.
މި އިވެންޓަގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ގޭމްތައް ކުޅެލަން ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ ތެރޭގައި ފޭސް ޕެއިންޓިންގް އާއި، ކޭކް ޑެކަރޭޝަންއާއި ގޯލް ޝޫޓިންގް، ބޯޓް ޕެއިންޓިންގް އާއި ސްނޭކް އެންޑް ލެޑާރ ފަދަ އެކި ކުޅިވަރުތައް ހިމެނޭކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އަދި ޓްރާންސްފޯމާޒްއާއި ބައްދަލުކޮއްލާ ފޮޓޯ ނަގާ، އެކި ހަދިޔާތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެފްއެސްއެމްއިން ވަނީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަވީރުގަ އެ ބޭފުޅުންގެ އާއިލާތަކާއި އެކީގައު ބައިވެރިވުމަށް އެދިފައެވެ.
މި ހަވީރުގެ އިތުރުން އެފްއެސްއެމް އަހަރީ ދުވަސް ފާހަގަކުރުމަށް، އެ ކުންފުނީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ބައިވެރިވެގެން، ރަށްރަށުގެ ކޮމިއުނިޓީ ލައިބްރަރީތައް ގާއިމްކުރުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
ހަމަ އެހެންމެ، އެންޖީއޯ ތަކާއި ގުޅިގެން ސީއެސްއާރް ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
އެފްއެސްއެމްއިން އިންތިޒާމްކޮށްގެން ބާއްވާ ޚާއްސަ ޢާއިލީ ހަވީރެއް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ