މޫސާ ރިލްވާން، ބްރޯޑްކޮމަށް އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިލްވާން މިއަދު އައްޔަނު ކުރައްވައިފި އެވެ.
މޫސާ ރިލްވާން މި މަގާމަށް އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ރިލްވާން ވަނީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓާނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލުކޮށްފަ އެވެ.
Advertisement
މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއު އާއި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިން ލޯ-ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫއުގައި އަމަލީ ދައުރެއް ރިލްވާން ވަނީ އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ