ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމާ ގުޅޭ ދިރާސާއެއް ހަދައިފި

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުން ދިއުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ސަބަބުތައް ދެނެގަތުމަށް ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ޔޫއެންއެފްޕީއޭ ގުޅިގެން ހެދި ދިރާސާ އިއްޔެ ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ދިރާސާގެ ނަތީޖާތައް ހާމަކުރުމަށް އެމްއެންޔޫގެ މައި އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ޑިޕްލޮމެޓިކް މިޝަންތަކުން ބައިވެރިވި އެވެ.
ތަފްސީލް - މި ދިރާސާގެ ނަތީޖާތައް ހުށަހެޅުއްވީ ޔޫއެންއެފްޕީއޭގެ ކޮންސަލްޓަންޓް، ޑރ. ޓަޓިއާނާ ކަރަބްޗުކް އެވެ. އޭނާއަކީ އާބާދީ އާއި ވަޒީފާއާ ގުޅޭ ދިރާސާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެމްއެންޔޫން ބުނި ގޮތުގައި ގޮތުގައި، މި ދިރާސާގެ ނަތީޖާތަކަކީ ރާއްޖޭގައި ދަށްވަމުންދާ އުފަންވާ ކުދިންގެ ނިސްބަތް އިތުރުކުރުމަށް ކުރިމަގުގައި އެކަށައަޅާ ސިޔާސަތުތަކާއި ގައުމީ ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވެދޭނެ މުހިންމު މައުލޫމާތަށް ވާނެ އެވެ.
މި ދިރާސާގެ ފުރިހަމަ ރިޕޯޓު ވަރަށް އަވަހަށް އާންމުކޮށް ޝާއިއުކުރާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.
އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތީ:
އެމްއެންޔޫގެ ރިސާޗު ޑިވެލޮޕްމަންޓް އޮފީހުގެ އިސްމާއިލް އައްޒާމް ވަޖީހް (މޮޑަރޭޓަރު)
ޓަޓިއާނާ ކަރަބްޗުކް 
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު
ޑިމޮގްރަފާ ޑރ. ހުސައިން ނިޔާޒް 
ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ