މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބިއުޓީ ބްރޭންޑެއް ކަމަށްވާ "ދަ ބޮޑީ ޝޮޕް"ގެ ފިހާރައެއް މާލޭގައި އަލަށް ހުޅުވައިފި އެވެ.
ދިވެހިންގެ މެދުގައި ވެސް މަގުބޫލް މި ބްރޭންޑުގެ ހާއްސަ އައުލެޓު މިރޭ ހުޅުވައި ދެއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ. މި ފިހާރަ ހުންނަނީ މަޖީދީ މަގު، މާލޭ ގްރޭންޑް ކުރިމަތީގަ އެވެ.
މޫނާއި ހަމަށް ބޭނުންކުރާ އުފެއްދުންތަކުން ފެށިގެން އިސްތަށިގަނޑުގެ ފަރުވާ އާއި، މޭކަޕް، ޕާފިއުމްގެ ވައްތަރުތައް އަދި ބާތު އެންޑް ބޮޑީ ޕްރޮޑަކްޓު، މިރޭ ހުޅުވި ފިހާރައިން ލިބެން އެބަ ހުއްޓެވެ.
މިއީ ދިވެހިންގެ ގިނަ ބަޔަކު އަޖުމަ ބަލައި، އޭގެ ފެންވަރާމެދު ސުވާލެއް ވެސް ނުއުފެދޭނެ ދަ ބޮޑީ ޝޮޕްގެ އުފެއްދުންތަކެވެ. އަދި އިތުބާރު އޮތް ބްރޭންޑެކެވެ.
ދަ ބޮޑީ ޝޮޕް ފިހާރަ ހުޅުވައި ދެއްވުމަށް ފަހު މާލޭ މޭޔަރު އާދަމް އާޒިމް އެތަން ބައްލަވާލައްވަނީ. އެންމެ ފުރަތަމަ އެތަނުން ވިޔަފާރި ކުރެއްވީ އާޒިމް. -- ފޮޓޯ: އަދަދު
"ދަ ބޮޑީ ޝޮޕްގެ ފިހާރައަކަށް ދިވެހިން ތިބީ ބޭނުންވެފައި. މިފަދަ މަގުބޫލް ބްރޭންޑެއްގެ ފިހާރައެއް އަލަށް ރާއްޖެއަށް ތައާރަފު ކުރެވުމަކީ ލިބޭ އުފަލެއް،" މި ފިހާރައިގެ އިސްވެރިޔަކު ބުންޏެވެ.
ދަ ބޮޑީ ޝޮޕަކީ 1976 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ ޑޭމް އެނިތާ ރޮޑިކް ތައާރަފުކުރި އުފެއްދުމެކެވެ.
ބޮޑީ ޝޮޕް ފިހާރަ
ފެންވަރު ރަނގަޅު ބިއުޓީ ޕްރޮޑަކްޓު ވިއްކަން ކުޑަ ފިހާރައަކުން ފެށި މި ވިޔަފާރި މިހާރު ވަނީ ދުނިޔޭގެ ހުރިހާ ބިތަކަށް ފެތުރި، 30 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭ ބައިނަލްއަގުވާމީ ރީޓެއިލް ޗެއިންއަކަށް ވެފަ އެވެ.
ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގައި ދަ ބޮޑީ ޝޮޕްގެ 3،000 ފިހާރަ މިހާރު ހިންގަ އެވެ.
ދަ ބޮޑީ ޝޮޕްގެ ފިހާރައެއް މާލޭގައި ހުޅުވައިފި ދަ ބޮޑީ ޝޮޕްގެ ފިހާރައެއް މާލޭގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ