އިސްލާމީ ޔުނިވާސިޓީގެ ރިވެލި މުބާރާތް: ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް ރަނުގެ ފުރުސަތެއް

ދިރާސާކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި ރާއްޖޭގައި އެ ފަންނުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ރިވެލި 2025" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ހަރަކާތަކީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުން، ރާއްޖޭގެ އިލްމީ ވެށީގައި ދިރާސާކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް އެ ރޫހު އާލާކުރުމުގެ މަގުސަދުގައި އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށް އައިޔޫއެމް އިން މައުލޫމާތު ދެއެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންގެ ދިރާސާތައް ހުށަހެޅުމަށް ހަރުދަނާ މާހައުލެއް ގާއިމްވެގެންދާނެ ކަމަށްވެސް އައިޔޫއެމް އިން ބުނެ އެވެ.ދިވެހިރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ ހުރިހާ މުއައްސަސާތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވޭ މި ހަރަކާތަކީ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ ދިރާސާތައް ހުށަހަޅާ، ޚިޔާލު ބަދަލުކޮށް އަދި ދިރާސާއައިގެން ކުރިއަށްދާނެ ގޮތުގެ މުހިންމު އިރުޝާދުތަކެއް ލިބިގެންދާނެ ހަރަކާތެއް ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ.ރިވެލި ޕުރޮގްރާމުގެ އެންމެ މުޙިއްމު އެއް ބަޔަކީ ދަރިވަރުންގެ ހުށަހަޅާ "ދަ ޕްރޮޕޯޒަލް ޕިޗް" އެވެ. "ދަ ޕްރޮޕޯޒަލް ޕިޗް" އަކީ 5 މިނެޓް ތެރޭ ދިރާސާގެ ޚިޔާލު ނުވަތަ ޕްރޮޕޯސަލް އޯޑިއަންސަށް ހުށަހަޅަން ފުރުސަތު ދޭ މުބާރާތެކެވެ. މި މުބާރާތުން ވަނަތައް ހޮވައި ބައިވެރިންނަށް އިނާމު ދިނުންވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، މުބާރާތުގެ ހަވާސާގައި ކުއިޒްތަކެއްގެ އިތުރުން އެހެނިހެން ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ. އަދި މިހަރަކާތްތަކަކީ ތަފާތު މައުލޫމާތު ލިބުމުގެ އިތުރުން ވަގުތުން އިނާމުވެސް ލިބޭނެ ހަރަކާތްތަކެއް ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ."ރިވެލި" އިންތިޒާމު ކުރުމުގެ މަގުސަދުތައް:ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ ހުނަރު ތަރައްގީކޮށް، ދަރިވަރުންގެ ހުނަރު ބަލައިގަތުންބައިވެރިންގެ ހުށަހެޅުންތެރިކަމާއި މުޢާމަލާތު ކުރުމުގެ ހުނަރު ތަރައްގީކުރުންދަރިވަރުންގެ މަސައްކަތަށް އަގުހުރި ފީޑްބެކްގެ އިތުރުން މެންޓަރޝިޕް ފުރުސަތު ލިބުންއިނާމާއި ދަރިވަރުންގެ މަސައްކަތް ފާހަގަކޮށް ދަރިވަރުންގެ ޢިލްމީ ކާމިޔާބީ ފާހަގަކުރުންގުޅިގެން އަދި އެކަކު އަނެކަކަށް އެހީވާ ދިރާސާކުރާ މުޖުތަމަޢުއެއް ބިނާކުރުންމީގެ ކުރިން 2 ފަހަރެއްގެ މަތިން ބޭއްވި"ރިވެލި " ޕްރޮގްރާމަކީ އެކި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކުގެ މަސައްކަތްތައް ހިއްސާކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށްވެސް ހަރަކާތުގައި ކުރީ އަހަރުތަކުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.މި އަހަރުގެ "ރިވެލި" ގައި ބައިވެރިވުމުގެ ފުރުސަތު 2025 މެއި 18 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އައިޔޫއެމް އިން ބުނެ އެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މެއި 31 ވަނަ ދުވަހުގެ 08:00 އިން ފެށިގެން 16:00 އާ ހަމައަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.ރިވެލި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން 2023 ވަނަ އަހަރުން ފެށިގެން އިންތިޒާމު ކުރިޔަށްގެންދާ ޕުރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ