ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވާތީ، އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ކޮވިޑުގެ އިތުރުން، މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި މި ބަލި ފެތުރޭ މިންވަރު ގާތުން ބަލައި، މޮނިޓާކޮށް އިތުރު ތަފްސީލުތައް ހާމަކުރަންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކޮވިޑު އަނެއްކާވެސް އިތުރުވަނީ | ސަމާލުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ