ރިސޯޓް ލީގު 2025 ގެ، ދ. ޒޯނުގެ ސެމީ ފައިނަލުގައި ނިޔާމަ ޕްރައިވެޓް އައިލަންޑް މޯލްޑިވްސް އަތުން 6-4 ގެ ނަތީޖާއަކުން ކުރިހޯދާ އަންގްސާނާ ވެލާވަރުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ދ. ޒޯނުގެ ލީގު ބުރުގެ އެއް ވަނަ ހޯދާ ސެއިންޓް ރެޖިސް ވޮއްމުލިން ވަނީ ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެންވެ.
މި މެޗުގެ 11 ވަނަ މިނިޓްގައި ވެލާވަރުގެ މުހައްމަދު ޝާހް ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު އޭގެ މިނިޓްއެއް ފަހުން ނިޔާމައިގެ ކެޕްޓަން އަހުމަދު ޝައިހާން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނިޓްގައި ވެލާވަރުގެ ނާމީ ޖަމްޝީދު ގޯލު ޖަހައި އަލުން އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ވެލާވަރުގެ ކީޕަރު އަހުމަދު ނާޖިހު އަތުން ބައިކޮޅަށް ވަން ގޯލާއެކު އަލުން ނަތީޖާ އެއްވަރުވި އެވެ.
ޕެނަލްޓީގައި ނިޔާމައިގެ ކެޕްޓަން ޝައިހާން އާއި އަލީ ޝައިބާން ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، ވެލާވަރުގެ މުހައްމަދު ޝާހް ފޮނުވާލި ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހު ހަވީރު ވެލާވަރުން ނުކުންނާނީ ވޮއްމުލިއާ ދެކޮޅަށެވެ.
ރިސޯޓް ލީގު: ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ވެލާވަރު ފައިނަލަށް ރިސޯޓް ލީގު: ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ވެލާވަރު ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ