ކަރަންޓު ބިލުތަކާއި ފެން ބިލުތަކުން ލުއި ދިނުމަށް ރައީސް ނިންމަވައިފި

ކޮވިޑް-19 އާއި ގުޅިގެން އާންމު ރައްޔިތުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ކަރަންޓު ބިލުތަކާއި ފެން ބިލުތަކުން ލުއި ދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރައްވައިފިއެވެ.
ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް މިހާރު ރައީސް އޮފީހުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް އަސަރު ކޮށްފައިވާތީ، އެއް މަހަށް ފެން ބިލާއި ކަރަންޓް ބިލްތަކުން ލުއި ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. 
އެގޮތުން، މުޅި ރާއްޖޭގެ ވެސް ގޭބިސީތަކުގެ ފެންބިލްތަކުން 30 އިންސައްތަ އަދި ވިޔަފާރިތަކުން 20 އިންސައްތަ މަޢާފް ކޮށްދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގޭބިސީތަކުގެ ކަރަންޓް ބިލުތަކުން 40 އިންސައްތަ އަދި ވިޔަފާރިތަކުން 20 އިންސައްތަ މަޢާފު ކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް އިޢުލާން ކުރައްވާފައިވެއެވެ.
ތަފުސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ