ޖިނާއީ އިޖްރާތުގެ ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައު ސްޕްރީމް ކޯޓުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައި ނުވާތީ ސްޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައަޅުއްވައިފިއެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރިޝްވަތުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.
މައްސަލަ ހުށައެޅުއްވީ ޝަރީއަތް ކުރުމާއި ބެހޭ ޤަވާއިދުތަކެއް ޖިނާއީ އިޖްރާތުގެ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ހަދާފައި ނުވާތީއެވެ. އެ ޤާނޫނުގައި ބުނާގޮތުން އެ ޤަވާއިދުތައް ހަދަން ޖެހެނީ ސްޕްރީން ކޯޓުންނެވެ.
ޝަރީއަތް ކުރުމާއ ބެހޭ ޤަވާއިދުތައް ތިން މަސްދުވަހުގެ ތެރޭގައި ސްޕްރީމް ކޯޓުން ހަދާ ނިންމަން ޖެހޭނެކަމަށް ޖިނާއީ އިޖްރާތުގެ ޤާނޫނުގައި ބުނެފައި ވެއެވެ. އެ ޤަވާއިދު ތަސްދީޤްކޮށް އަމަލުކުރަން ފެށިފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ