ސްކޮޓްލެންޑްގެ
ގްލާސްގޯގައި އިއްޔެ ފެށި 23
ވަނަ
ކޮމަންވެލްތު ގޭމްސްގެ އިވެންޓްތައް
ފަށައި ފުރަތަމަ ދުވަހު ކުރިއަށްދިޔަ،
ފެތުމުގެ އިވެންޓްތަކުގައި، ގައުމީ
ސްވިމިން ޓީމުގެ ދެ ފެތުންތެރިން ކަމަށްވާ
ލޫތު މުހައްމަދު ހުސެއިން އާއި މުހައްމަދު
އާން ހުސެއިން، ވާދަކުރި އިވެންޓްތަކުން
ގައުމީ ރެކޯޑަކާ އެކު ނިންމާލައިފި އެވެ
ސީނިއާ
ފެތުންތެރިއެއްގެ ގޮތުގައި ގިނަ
ކުރިއެރުންތަކެއް ހޯދަމުން އަންނަ، އާން
ވާދަކޮށްފައިވަނީ، 50
މީޓަރު
ބެކްސްޓްރޯކް އިވެންޓުގަ އެވެ.
އެ
އިވެންޓްގައި ވާދަކޮށް އާން، އިވެންޓް
ނިންމާފައިވަނީ، 29.18
ސިކުންތުންނެވެ.
މިއީ،
މި އިވެންޓަށް ބަލާއިރު، ރާއްޖޭގެ ގައުމީ
ރެކޯޑެކެވެ.
އިވެންޓުގެ
ހީޓު ދޭއްގައި ވާދަކޮށް އާން ދިޔައީ ފަސް
ވަނަ އެވެ.
މި
އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން
ވެސް އޮތީ އާން އަތުގަ އެވެ.
އެެއީ،
މީގެ ދެ އަހަރު ކުރިން، 2024
ވަނަ
އަހަރު ކުރިއަށްދިޔަ 11
ވަނަ
އޭޝިއަން އޭޖް ގްރޫޕް އަކުއަޓިކްސް
ޗެމްޕިއަންޝިޕްގައިި، 29.51
ސިކުންތުން
ރޭސް ނިންމައިގެންނެވެ.
މި
ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި
މިއަދު، ލޫތު ވާދަކޮށްފައިވަނީ، 100
މީޓަރު
ބްރެސްޓްރޯކް އިވެންޓުގަ އެވެ.
ލޫތު،
ހީޓުގެ ހަތް ވަނަ އަށް ދިޔައިރު، އިވެންޓް
ނިންމީ، 1
މިނިޓް
10.63
ސިކުންތުންނެވެ.
މިއީ،
މި އިވެންޓަށް ބަލާއިރު، ރާއްޖޭގެ ގައުމީ
ރެކޯޑެކެވެ.
މި
އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން
ވެސް އޮތީ ލޫތު އަތުގަ އެވެ.
އެއީ،
މިދިޔަ އަހަރު ކުރިއަށްދިޔަ، 10
ވަނަ
ވޯލްޑް އެކުއަޓިކްސް ޖޫނިއާ
ޗެމްޕިއަންޝިޕްގައި، 1
މިނިޓް
10.95
ސިކުންތުން
އިވެންޓް ފުރިހަމަ ކޮށްގެންނެވެ.
މި
ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި
ރާއްޖޭން ވާދަކުރަނީ ދެ ކުޅިވަރަކުންނެވެ.
އެއީ،
ސްވިމިންގެ އިތުރުން އެތުލެޓިކްސްގަ
އެވެ.
މުބާރާތުގެ
ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ
އުފުލާފައިވަނީ، އާން އެވެ.
ކިންގްސް
ބެޓަންއާ ހަވާލުވީ، މެރާލް އައިން ލަތީފް
އެވެ.
މިއީ،
މެދުކެނޑުމަކަށް ފަހު، ރާއްޖޭން
ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ކޮމަންވެލްތު
ގޭމްސް އެވެ.
އޮސްޓްރޭލިއާގެ
ގޯލްޑް ކޯސްޓުގައި 2018
ވަނަ
އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި
ރާއްޖޭން ވާދަނުކުރެ އެވެ.
އެކަމަކު،
އޭގެ ފަހުން، މީގެ ހަތަރު އަހަރު ކުރިން،
އިނގިރޭސިވިލާތުގެ ބާމިންހަމްގައި
ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން
ވާދަކޮށްފައިވެ އެވެ.
ސްކޮޓްލެންޑްގެ
ގްލާސްގޯގައި ކޮމަންވެލްތު ގޭމްސް މީގެ
ކުރިން ވެސް ބާއްވާފައިވެ އެވެ.
އެއީ،
2014
ވަނަ
އަހަރު އެވެ.
ލޫތު އާއި އާން އަށް ކޮމަންވެލްތު ގޭމްސްގައި ގައުމީ ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ