މިއުނިކް (ޖުލައި 25) - ޖަރުމަނު ގައުމީ ޓީމުގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވީ އަމިއްލަ އަށް ކޮށްދޭ ކަމަކަށް ވުރެން ގިނަ ބަޔަކު އޭނާގެ ކިބައިން އެދުނު ކަމަކަށްވާއިރު، އެ މަގާމުގައި ހުއްޓައި ހިނގާ ކަމަކުން އޭނާގެ އާއިލާއާ ދިމާކޮށްލައިފިނަަމަ، ޖަރުމަނުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ދާދި ފަހުން ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ޔާގަން ކްލޮޕް ބުނެފި އެވެ.
ކުރިން މައިންޒް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗަކަށް ހުރި ކްލޮޕް، ލިވަޕޫލްގެ ކޯޗުކަމުން ވަކިވިތާ ދެ އަހަރު ފަހުން، ވަނީ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ހަވާލުވެފަ އެވެ. މި ފަަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަަނުގެ ނަތީޖާ ދަށްވުމުން، އެ ޓީމާ ހަވާލުވެ ހުރި ކޯޗު ހޫލިއަން ނާގަލްސްމަން އަށް މަގާމުގައި ދެމިހުރެވޭ ގޮތެއްނުވި އެވެ. ކްލޮޕަށް ޖަރުމަނުގެ ކޯޗުކަން ދިނީ 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އުމުރުން 59 އަހަރުގެ ކްލޮޕް، ޖަރުމަނާ ރަސްމީކޮށް އިއްޔެ ހަވާލުވުމުގެ ކުރިން ހުރީ ރެޑްބުލްގެ ގްލޯބަލް ފުޓްބޯލް ހެޑް އެއްގެ ގޮތުގަ އެވެ. ޖަރުަމަނުގެ ކޯޗެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރި ފުރަތަމަ ފަހަރު ވެސް ކްލޮޕް ވަނީ ވަރަށް ބޮޑަށް ނޫސްވެރިންނަށް ކަންކަން އޮތްގޮތުން ސާފުކޮށްދީފަ އެވެ.
"ތި މީހުން ގޯސްކޮށް ކަންކަން ކުރަމުން، އަަހަރެންގެ އާއިލާއާ ހަމައަށް އެކަން ގެންގޮސްފިނަމަ، އަހަރެން މި މަގާމުން ވަކިވާނަން. އަަހަރެން ހަމަ ފަސް އެނބުރި ދާނީ. އަހަންނަށް އެނގޭ އެހެން ގައުމުތަކުގައި ގައުމީ ޓީމުގެ ކޯޗުންނާ މެދު އެބަހުރި ވަރަށް ގޯސްކޮށް ކަންކަން ކޮށްފައި. އަހަރެން މިކަން މި ކުރަނީ އަމިއްލަ ނަފްސަށްޓަކައެއް ނޫން. ތި މީހުންނަށްޓަކައި. އަހަންނަށް ފެނޭ ނާގަލްސްމަން އަށް ޓުޗެލް އަށް ކަންކަން ވާ ގޮތް. އަހަރެން މި ވަޒީފާ (ކޯޗުކަން) ކުރަނީ ކުރާހިތުން. އެކަމަކު ވަކިވާން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނަން،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ، ލިވަޕޫލް ދޫކޮށްލުމަށް ފަހު ދެން ކްލަބެއްގެ ވަޒީފާ ނުނަގާނެކަން އޭނާ އަމިއްލަ ނަފްސަށް ވެސް އޮތީ ސާފުކޮށް ކަމަށެެވެ. އެކަމަކު، އަބަދުވެސް ޖަރުމަނު ގައުމީ ޓީމަށް އިރުޝާދުދިނުމަކީ ހިތުގައި ޝައުގުވެރިކަން އޮތް ކަމެއް ކަމަށާއި އެއީ އެންމެ ބޮޑު ހިތްހަމަޖެހުން ގޮތުގައި ކްލޮޕް ވަނީ ސިފަަކޮށްފަ އެވެ.
އާއިލާއާ ދިމާކޮށްލައިފިނަމަ ޖަރުމަނު ކޯޗުކަން ދޫކޮށްލާނެ ކަމަށް ކްލޮޕް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ