ފައިސާ ހޯދާ ގޮތް ބުނެދިނުމަކީ ރައީސްގެ މައްޗަށް ޤާނޫނުން ލާޒިމްކުުރާކަމެއް:ސުއޫދު

ފައިސާ ހޯދިގޮތް ބުނެދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ޤާނޫނުން ލާޒިމްކުރާ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު، ރައީސް އަބްދުﷲ ޔާމީންގެ ރައްދު ދެއްވައިފި އެވެ. 
ގއ. ކޮލަމާފުށީގެ ނަރުދަމާ އަދި ފެނުގެ ޚިދުމަތް އިފްތިތާހު ކުރެއްވުމަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާމެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށާއި އެމަނިކުފާނަށް އިތުބާރު ކުރާތީ، އެއާ ގުޅޭ ސުވާލު ވެސް ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 
ރައީސްގެެ އެ ވާހަކަތަކަށް ރައްދު ދެއްވައިި ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިސާ ހޯދިގޮތް ބުނެދިނުމަކީ ރައީސްގެ މައްޗަށް ޤާނޫން ލާޒިމްކުރާކަމެއް ކަމަށެވެ. އަދި ފައިސާ ހޯދިގޮތް ބުނެދޭންޖެހޭ ދުވަސް އޮތީ ދާދި ގާތުގައިކަމަށެވެ. 
Faisaa hoadhi goiy bunedhinumakee raees ge mahchah qaanoonu laazimu kuraa kameh. Faisaa hoadhigoiy bunedheyn jehey dhuvas othee dhaadhi gaathuga. https://t.co/HoxTEzSsIu
ސުއޫދު އިޝާރަތްކުރައްވާފައިއެވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްކަމަށް ބެލެވެ އެވެ. އަދި އެ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ރައްޔިތުންނަށް ޖަވާބުދާރިވެވަޑައިގަންނަވާންޖެހޭ ކަމަށް އިޝާރަތްކުރައްވާފައިވާ ކަމަށް ބެލެވެ އެވެ. 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ