ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް, ރީނދޫ ސަމާލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ގއ.އަތޮޅާއި އައްޑޫ ސިޓީ ދެމެދުގެ ސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މިއީ މިރޭ މި ސަރަހައްދަށް ރީނދޫ ސަމާލު ނެރުނު ތިންވަނަ ފަހަރެވެ. މިހާރު ވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.
މެޓް އޮފީހުން ވިދާޅުވީ, ސަމާލު ނެރެފައިވާ ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.
މެޓް އޮފީހުން މިފަހަރު ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ ހެނދުނު 8:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ