ށ.މިލަންދޫ ދާއިރާ ތަމްސީލް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހަސަން މުފީދުގެ ނަން ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި އޮތް މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އެމްޑީޕީ އިން އެޕާޓީގެ އެތެރޭގެ އިންތިޙާބުގައި ބޭނުން ކުރާ ލިސްޓުގައި މުފީދުގެ ނަން އޮތުމުން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވަމުން އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދުވަހަކުވެސް އެމްޑީޕީ އަށް ސޮއި ކޮށްފައި ނުވާނެ ކަމަށާއި އެމްޑީޕީ އިންތިޙާބުގެ ލިސްޓުގައި މިލަންދޫގެ އެތައް ބައިވަރު ޕީޕީއެމް މެމްބަރުންތަކެއްގެ ނަންވެސް ހިމަނާފައިވާ ކަމަށެވެ.
"އަޅުގަނޑު މިއީ ދުވަހަކުވެސް އެމްޑީޕީ އަށް ސޮއިކުރި މީހެއް ނޫން. އެމްޑީޕީގެ އިންތިޙާބުތަކުގަ ބޭނުންކުރާ ލިސްޓުގަ އަޅުގަނޑުގެ ނަން އަދި ށ. މިލަންދޫގެ އެތައް ބައިވަރު ޕީޕީއެމް މެމްބަރުންގެ ނަން ހިމަނާފައިވާ ލިސްޓުގެ ސައްޙަ ކަމާއި މެދު ސުވާލު އުފެދޭ! އަދި އީސީ އިން މިކަން ބެލުމަށް ގޮވާލަން" މުފީދު ކުރެއްވި ޓްވީޓުގައި ވެއެވެ.
އެލެކްޝަންސް ކޮމިޝަނުން މި މައްސަލަ ބެލުމަށް މުފީދު ގޮވާލާފައި ވާއިރު، މިއީ ކިހިނެތް ހިނގި ކަމެއްކަން އަދި ސާފު ވެފައެއް ނުވެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި ދިމާކޮށް ހުރިހާ ޕާޓީތަކަކުންވެސް ދަނީ ގަދައަށް ކެމްޕޭނު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
ކުރީގެ މެމްބަރު ހަސަން މުފީދުގެ ނަން އެމްޑީޕީ ދަފްތަރުގައި އޮތް މައްސަލަ އެއް ފެންމަތިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ