ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް، ރާއްޖެއަަށް އިންޑިއާ ސިފައިން ގެނައުމަށްފަހު، އެމީހުން އަނބުރާ ފޮނުވާލި ކަމަށާއި، އެއީ އާދައިގެ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ޝަހީދުވި ބަތަލުންގެ ހަނދާނުގައި އުމަރު ރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން، ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވި ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަމަލުފުޅުތައް ބެހެއްޓެވީ ވަަރަށް ހިކުމަތްތެރިކޮށް ކަމަށެވެ.
" އެމަނިކުފާނު ވަނީ ވަަރަށް ހިކުމަތްތެރިކަމާއެކު އަމަލުކުރައްވާފައި. އިންޑިއާ ސިފައިންނަށް ދައުވަތު ދެއްވާ، އެބޭފުޅުން ގެންނަވާފަ އަދި އަނބުރާ އެމީހުން ފޮނުވާފައި. މިއީ އާދައިގެ ކަމެއް ނޫން އިނގޭތޯ. މިއީ ވަރަށް، މޮޅު، ވަރަށް ހިކުމަތްތެރިކަމާއެކު ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް މިކުރެއްވީ." މައުމޫނަށް ތައުރީފު ކުރައްވަމުން އުމަރު ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން ރާއްޖެ ގެނެސް، ފޮނުވާލުމުން، އުމަރު ކުރީގެ ރައީސް މައުމޫނަށް ތައުރީފު ކުރައްވާފައިވާއިރު، އޭނާ އަކީ ރާއްޖޭގައި މިހާރުވެސް ގަވައިދާ ހިލާފަށް އިންޑިއާގެ ސިފައިން ތިބި ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
"މައުމޫން އިންޑިއާ ސިފައިން ގެނެސް އަނބުރާ ފޮނުވާލި، އެއީ އާދައިގެ ކަމެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ