ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅުމާއިއެކު ސަރުކާރުގެ ހަގީގީ ސައިޒު ފެންނާން ފަށައިފި ކަމަށް ވެލިދޫ ކައުންސިލް ރައީސް އާތިފް ހުސެއިން ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި ބޭއްވި “ބޮޑު ބަދަލު” ކެމްޕެއިންގައި އާތިފް ވިދާޅުވީ ގާނޫނނުއަސާސީން ލިބިދިން ކޮންމެ މިނިވަންކަމެއް އަދި ހައްގެއް ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ ބޮޑު ގުރިބާނީއެއް ވީ އެމްޑީޕީން ކަމަށެވެ. އާތިފް ވިދާޅުވީ ސިޔާސީ ކަންކަން ހިނގާ ގޮތް މިއަދު ކޮންމެ މީހަކަށް ވަރަށް ރަނގަޅަށް އިންގޭނެ ކަމަށެވެ.
މިއަދު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް އޮތް މިނިވަންކަމެއް ނަމަވެސް އަދުގެ ސަރުކާރުން އެ މިނިވަންކަން ހަނިކުރާ ކަމަށް އާތިފް ވިދާޅުވިއެވެ.
“މިއަދު ސަރުކާރުން ބޭނުންވަނީ މީހުން ކޮށްޓަކަށް ލައިގެން ގެންގުޅެން. މިއަދު އަސާސީ އެތައް ހައްގެން ދަނީ ނިގުޅައިގަންނަމުން”
އާތިފް ވިދާޅުވީ މިއަދު ރައީސް ނަޝީދު އަލުން ޕާޓީއަށް ގުޅުމުން ސަރުކާރުގެ ސައިޒު ފެންނަ ކަމަށެވެ. ރައީސް ނަޝީދު އަދި އެމްޑީޕީއަކީ އަސާސީ ހައްގުތައް ހޯދައިދިން ޕާޓީ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު އައުމަށްފަހު ފެންނަނީ އެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު ކަމަށެވެ.
ސަރުކާރުން މިއަދު އާއްމުރައްޔިތަކަށް އެންމެ އާއްމު ބަހެއްވެސް ނުބުނޭވަރަށް ދުލުގެ މިނިވަންކަން ހަނިކޮށްފި ކަމަށެވެ. އޭނާ އެދިވަޑައިގަތީ ޕާޓީގެ ޗެއާއަކަށް ރައީސް ނަޝީދު އިންތިހާބުކޮށްދިނުމަށެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅުމުން ސަރުކާރުގެ ސައިޒު ފެންނަން ފަށައިފި: އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ