ޝަރުއީ ދާއިރާގެ ވަޒީފާއެއްގައިހުރެ ސިޔާސީ މަގާމުތަކަށް ވާދަ ނުކުރެވޭ ގޮތަށް ނިންމައިފި

ޝަރުޢީދާއިރާގެ އެއްވެސް އެއްވެސް މުވައްޒަފަކު މަޤާމުގައި ހުރެގެން ސިޔާސީ މަޤާމުތަކަށް ވާދަ ނުކުރެވޭ ގޮތަށް ޖްޑީޝަލް ކައުންސިލުން ނިންމައިފި އެވެ. ދިވެހިރާއްޖޭގެ ކޯޓުތަކަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވި އާންމު ސިޓީ ގައި ބުނަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ޖުޑީޝަރީއާމެދު އާއްމުންގެ ހިތުގައި އޮންނަ އިތުބާރަށް އަސަރުކުރާނެ ކަމެއްކަމަށެވެ. އަދި ޖުޑީޝަރީގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެއްޖެނަމަ ނުވަތަ ބައިވެރިވުމަށްފަހު އެނބުރި އައިސް އެ ވަޒީފާ އަދާކުރާނަމަ، އެ ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާކަމަށް ރައްޔިތުންގެ ހިތުތެރޭގައި ސުވާލުއުފެދޭގޮތް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.މީގެ އިތުރުން ބުނެފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) އިން ކަށަވަރުކޮށްދޭ ކޯޓުތަކުގެ މިނިވަންކަމާއި ހައިބަތާއި ގަދަރު ހިމާޔަތްކުރުމަށް ބުރޫއަރާނެ ކަމަށް ބެލެވޭތީ، އުސޫލެއްގެ ގޮތުން ޝަރުއީދާއިރާގެ އެއްވެސް ކޯޓެއްގެ އެއްވެސް މުވައްޒަފަކު މަޤާމުގައި ހުރެގެން ސިޔާސީ މަޤާމުތަކަށް ވާދަކުރެވިދާނެކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.މި ގޮތަށް ނިންމާފައި ވަނީ 23 ނޮވެމްބަރު 2010 ގައި އޮތް ޖުޑީޝަލް ކައުންސިލްގެ ހަތަރުވަނަ ވަނަ ޖަލްސާއިން ނެވެ.ޝަރުޢީ ދާއިރާގެ މުވައްޒަފުން، އިންތިހާބު ކުރެވޭ މަޤާމުތަކަށް ވާދަކުރުމާ ބެހޭ ގޮތުންވެސް ވަނީ ގޮތެއް ނިންމާފަ އެވެ. އެ ގޮތުން އިންތިޚާބް ކުރެވޭ މަޤާމުތަކަށް ވާދަކުރުމުގެ ފުރުސަތު ޝަރުޢީދާއިރާގެ ކޮންމެ މުވައްޒަފަކަށް ލިބުނު ނަމަވެސް އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ އެނބުރި ވަޒީފާއަށް އައުމަކީ ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެއްކަމުގައިވާތީ، އެފަދަ ފުރުޞަތެއް ނުދެވޭނެ ގޮތަށް ނިންމެވި ނިންމުމެވެ.މީގެ އިތުރުން މިހާރު ސިޔާސީ މަޤާމެއްގައި ނުވަތަ ސިޔާސީ ޕާޓީތަކުގެ މަޤާމުތަކަށް އިންތިޚާބު ވެފައިވާ ފަރާތެއް މިދާއިރާގެ ވަޒީފާއެއްގައި ހުންނެވިނަމަ އެފަދަ ފަރާތަކުން، އެމަޤާމުން އިސްތިއުފާ ދެއްވުމަށް ޖުޑިޝަރީން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ