ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ރ. އިނގުރައިދޫ ދާއިރާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން އެޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.
އިނގުރައިދޫ ދާއިރާގެ އިތުރުން މަޖިލިސް އިންތިހާބުގައި އަދާލަތުން 12 ދާއިރާއަކަށް ކުރިމަތިލާނެ އެވެ. އެއީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާ އާއި ފޭދޫ ދާއިރާގެ އިތުރުން މާފަންނު ދެކުނު ދާއިރާ އެވެ.އެ ދާއިރާތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފައެވެ.
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެ 13 ދާއިރާގެ ތެރެއިން އެ ޕާޓީން ޕްރައިމަރީ ބާއްވަނީ އިނގުރައިދޫ ދާއިރާގެ އެކަންޏެވެ. އެގޮތުން އެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަނަކީ ރ. ކިނޮޅަހު ކައުންސިލްގެ ރައީސް، އަހުމަދު ހުސެއިން އާއި އަލީ ޝަރީފެވެ.
މިިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ޓިކެޓުގައި ވާދާކުރި ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވާފައިވާއިރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން 86 ދާއިރާއަކަށް ކުރިމަތިލާނެއެވެ. އަދި ޖުމްހޫރީ ޕާޓީން 87 ދާއިރާއަކަށް ކުރިމަތިލާން ވަނީ ނިންމާފައެވެ.
އަދާލަތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ