ރާއްޖެ ޓީވީ ރޯކޮށްލުމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އަތެއް އޮވެދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.
އަދުރޭ މިތުހުމަތު ކުރެއްވީ ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ ރާއްޖެޓީވީ ރޯކޮށްލި ގޮތުގެ މައުލޫމާތު އަބްދުﷲ ރިޔާޒް ތިމަންނަ އަށް އެނގޭ ކަމަށް ވިދާޅުވާއިރު ރިޔާޒް އަކީ އޭރުގެ ސީޕީ ކަމަށާއި އެތަނުގައި އޭރު ޑިއުޓީގައި ތިބި ފުލުހުން ދުރަށް ޖެއްސޭނީ އޭނާ އަށް އެނގިގެން ކަމަށެވެ.
"ސިޔާސީ މަޤުޞަދެއްގައި ވެސް މިފަދަ ދޮގު ހަދާތީ މީހިތާމަ ކުރާމެއް. މިގޮތައް މިކަން ނުކުރުމަށް ގޮވާލަން" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރަށް ފާޑުކިޔާ މީޑިއާ މީހުން ތިބެން ޖެހޭނެ ކަމަށާއި އެކަމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ދިޓީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ އަފްރާޝީމް މަރާއި ގުޅިގެން ރައީސް ޔާމީން އާއި ސަރުކާރުގެ އެހެން އިސްބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވާ ދޮގު ތުހުމަތުތައް ވެސް ކުއްވެރިކޮށް އެކަން އެގޮތައް ނުކުރުމަށް ގޮވާލާފައެވެ.
ރާއްޖެ ޓީވީ ރޯކޮށްލުމުގައި އަބްދުﷲ ރިޔާޒްގެ އަތެއް އޮވެދާނެ ކަމަށް އަދުރޭ ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ