މޫސުން ބަދަލުވާ ދުވަސްކޮޅު ބުއިމަށް ރަނގަޅު، ހަށިގަނޑަށް ފައިދާހުރި ބުއިމެއް!

ހޫނު ދުވަސްތަކަކަށް ފަހު ފިނިގަދަ، ނުވަތަ ފިނިހޫނުމިން ދަށްވާ ދުވަސްތަކެއް އައުމާއި އެކު، ގިނަ މީހުންނަކީ ރޯގާޖެހި، ހުން އައުން ފަދަ ކަންކަން ދިމާވާ މީހުންނެވެ. އެހެނީ، މޫސުން ބަދަލުވާ ދުވަސްތަކަކީ، އެއް ގޮތަކަށް ހޭނިފައިވާ ތިމާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ މަސައްކަތްތައް ވެސް ބަދަަލުވާ ދުވަސްތަކެކެވެ.
އައު މޫސުމާއި އެކު، މާހައުލުގައި އުޅޭ ޖަރާސީމާއި ވައިރަސްތައްވެސް ބަދަލުވާނެއެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ މަސައްކަތުގެ ގޮތް ބަދަލުކުރާ ސަބަބަކީވެސް މިއީ ކަމަށް ވެދާނެއެވެ.
ހަށިގަނޑުގެ ދިފާޢީ ނިޒާމު، އައު މޫސުމަށް ހޭނެމުންދާ ދުވަސްވަރު، އެ ނިޒާމުގެ މަސައްކަތަށް އެހީތެރިވެދިނުމަށް ކުރެވިދާނެ ކަމެއް އޮވެއެވެ. ހަށިގަނޑުގެ އިމިއުން ސިސްޓަމް، ނުވަތަ ދިފާޢީ ނިޒާމަށް، އެންމެ ހަތަރު ބާވަތުގެ ކާނާ ބޭނުންކޮށްގެން ހަދާ ބުއިމަކުން އެތައް ގޮތަކަށް އެހީތެރިވެދެއެވެ.
ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ކިއުކަމްބާއާއި ލުނބޯ ދޮވެލުމަށްފަހު ކުދިކޮށް ކޮށާލާށެވެ. ދެން، ކޮށާފައިވާ ކިއުކަމްބާއާއި، ލުނބޮލުގެ އިތުރުން ކުދީނާ ފަތް، ބޯތައްޓަކަށް އަޅާށެވެ. ދެން އެތަކެތީގެ ތެރެއަށް ފެން އަޅައި، ބޯތަށީގެ މަތި ޖެހުމަށްފަހު ފްރިޖަށް ލާފައި ބަހައްޓާށެވެ.
ލުނބޮލާއި، ކިއުކަމްބާއާއި ކުދީނާ ފަތް ބޭނުންކޮށްގެން މި ހެދުނީ އިންފިއުސްޑް ވޯޓަރއެވެ. ފެނުގެ ތެރޭގައި އެތަކެތީގެ ރަހަ ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް އެއް ތަށީގެ މިންވަރުން މި ފެން ބޯށެވެ. އޭރުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމު އިތުރަށް ވަރުގަދަވެއެވެ. އަދި ކުރިޔަށް އޮތް މޫސުމަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ވެސް ކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ