އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ޝާހިދު ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ވެރިއަކަށް ހުންނެވި އިރު އެ ތަނުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލާފައިވެ އެވެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ މެނެޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި ހުސައިން ޝާހިދުގެ ބޭބެ އަބުދުﷲ ޝާހިދު ފުލުހުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ސްޓާ ފޯސް ދެ އަރިމަތީގައި ތިބެގެން ވަރަށް ސެކިއުރިޓީ ވަރުގަދަކޮށް ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ