އަބްދުﷲ ގާޒީ ހާޒިރުކުރަން ތިން ވަނަ އަމުރު ނެރެފި

ގާނޫނު އަސާސީއާ ޚިލާފަށް ސިފައިން ބަންދުކޮށްފައި ގިރިފުށީގައި ހުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައި ކޯޓަށް ހާޒިރުކުރުމަށް ސިފައިންގެ މައްޗަށް ދެ ފަހަރަށް ކުރި އަމުރަށް ތަބާނުވުމުން ތިން ވަނަ ފަހަރަށް ވެސް އަމުރެއް ނެރެފި އެވެ. ހައި ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީ ހާޒިރުކުރަން އެމްއެންޑީއެފަށް އަންގާފައި ވަނީ މިއަދު 00: 4 އަށް ކަމަށެވެ. އަބްދުﷲ ގާޒީ ހައި ކޯޓަށް ހާޒިރުކުރަން އަންގާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ނިންމުމުގެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، ގާޒީއާ މެދު ފިޔަވަޅު އެޅުން މަޑުޖައްސާލުމަށް ކުރި އަމުރު ޖޭއެސްސީން ވަނީ އިސްތިއުނާފްކޮށްފަ އެވެ. އަބްދުﷲ ގާޒީ އިއްޔެ ހާޒިރުކުރުމަށް ވެސް ސިފައިންނަށް ހައި ކޯޓުން އަމުރުކުރި އެވެ. ނަމަވެސް އެ އަމުރަށް ވެސް އެމްއެންޑީއެފުން ތަބާވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ