ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ގްލާސް ނޫޑްލްސް ސެލެޑް ވިތު ޗިކަން (ޔަމް ވޫން ސެންގާއި)

ބޭނުންވާ ތަކެތި 500 ގުރާމް ގްލާސް ނޫޑްލްސް – ފެނު ކައްކާފައި 4 ތޮޅިމިރުސް - ތުނިކޮށް ކޮށާފައި 1 ކެރެޓް - ތުނިކޮށް ދިގަށް ކޮށާފައި 1 ޓޮމާޓޮ - ކުދިކޮށް ކޮށާފައި ކޮރިޔެންޑާ ފަތްކޮޅެއް 1 ޗިކަން ބްރެސްޓު - މެދުމިނަކަށް ކައްކާފައިހުރި 3 ސްޕިންގް އަނިޔަން ކޮށާފައި 1 ފިޔާ – ކުދިކޮށް ކޮށާފައި 100 ގުރާމް ޕީނަޓް - ހަނާކޮށްފައި 2 މޭޒުމަތީ ސަމުސާ ލުނބޯހުތް 2 މޭޒުމަތީ ސަމުސާ ފިޝް ސޯސް 3 މޭޒުމަތީ ސަމުސާ ޝުގާ ސިރަޕް ތައްޔާރު ކުރާނެ ގޮތް: ހެޔޮވަރު ތައްޓަކަށް ޝުގާ ސިރަޕް، ލުނބޯ ހުތް އަދި ފިޝް ސޯސް އަޅައި ކުކުޅާއި ނޫޑްލްސް ނޫން އެހެން ހުރިހާ ބާވަތެއް 5 މިނިޓް ވަންދެން އެއްކޮށްލާށެވެ. ދެން ބާކީހުރި ކުކުޅާއި ނޫޑްލްސް ކޮޅު އަޅާ އެއްކޮށްލުމުން ސެލްޑް ތައްޔާރުކުރެވުނީ އެވެ. މިއީ ވަރަށް އަވަހަށް ފަސޭހައިން ގޭގައި ތައްޔާރު ކޮށްލެވޭނެ ސެލެޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ