ލުކަ މޮޑްރިޗް ޤައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރުގެ ފުރުޞަތު ކްރޮއޭޝިޔާއިން ދަމަހައްޓައިފިއެވެ.
ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ބަލިވި ކްރޮއޭޝިޔާ ޕެނަމާ އަތުން މޮޅުވީ 1-0 ނެވެ. މެޗުން ކްރޮއޭޝިޔާ މޮޅުކޮށްދިން ލަނޑު ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނިޓްގައި ޖެހީ ބަދަލަކަށް ނިކުމެ، ބުޑިމީރު އެވެ. އޭގެ ތިން މިނިޓްފަހުން ނަތީޖާ ފުޅާކުރަން މާކޯ ޕަސަލިޗް އަށް ލިބުނެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ. ރީބައުންސްގައި ފޮނުވާލުމުން ގޯލާ އަމާޒެއް ނުވިއެވެ.
ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނު ޕެނަމާ ކޮޅަށް ދެވަނަ ހާފްގައި ލަނޑު ޖަހާ ކްރޮއޭޝިޔާ ވަނީ ގަދަ 32 ޓީމްގެ ތެރޭގައި ހިމެނި ދެވަނަ ބުރަށް ދިއުމުގެ މަގު ކޮށާފައެވެ. އެހެންނަމަވެސް އަދި ކްރޮއޭޝިޔާ އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ. އެއީ 3 ޕޮއިންޓާއެކުއެވެ.
ފަހު މެޗުގައި ކްރޮއޭޝިޔާއަށް ޖެހޭނީ ގާނާ އަތުން މޮޅުވާށެވެ. ގާނާއާއި އިންގްލެންޑް ވެސް އޮތީ 4 ޕޮއިންޓާއެކުއެވެ. ޕެނަމާ މުބާރާތުން ކެޓީ ބާކީ އިންގްލެންޑް މެޗު އޮއްވައެވެ.
ޤައުމީ ޖަރޒީގައި މޮޑްރިޗްގެ 200 ވަނަ މެޗުން މޮޅުވެ، ދެވަނަ ބުރުގެ އުއްމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ